logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ޕީއެސްއެމްގެ އެމްޑީއަކަށް ނައްޓު

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަސްރީން (ނައްޓު) މިއަދު އައްޔަންކޮށްފި އެވެ.

ޕީއެސްއެމްއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށް ދެއްވަމުން ގެންދަވާ ނަސްރީން އަކީ މި ސަރުކާރުން އެ ކުންފުންޏަށް އައްޔަންކުރި 3 ވަނަ މެނޭޖިން ޑިރެކްޓަރެވެ.

އެ މަގާމާ ފުރަތަމަ ހަވާލުވެވަޑައިގެންނެވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރެވެ. އެހެން ނަމަވެސް އޭގެ 9 މަސް ފަހުން އޮގަސްޓު މަހުގެ 24 ވަނަ ދުވަހު ޒީނާ އެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އެއަށްފަހު އެ މަގާމަށް އައްޔަންކުރެއްވީ މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ނަސްރީން އެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން "އެކްސް" ގައި ޒީނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ޒީނާގެ އެމްޑީ ކަމުގެ މުއްދަތުގައި ނަސްރީންގެ ފަރާތުން ލިބިވަޑައިގެން އެއްބާރުލުން ފާހަގަކުރައްވާފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *