logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މައުރޫފް އެޗްޑީސީގެ ކަންކަން އިސްލާހުކުރައްވާނެ: ނަޝީދު

ނުހައްގުން ގޯއްޗާއި ފްލެޓް ބަޔަކަށް ދިން މައްސަލަ ތަހުގީގުކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އާ އެމްޑީއަކަށް އައްޔަންކުރެއްވި މައުރޫފް ޖަމީލް އެކަންކަން އިސްލާހުކުރާނެކަމުގެ އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލޭން ގޯތިތަކާއި، ވިނަރެސް ފްލެޓްތަކެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަމުންދަނީ ޑޮކިއުމެންޓް ފޯޖް ކުރި މައްސަލަ އެކެވެ.

އެ މައްސަލާއާ ގުޅިގެން ފުރަތަމަ ފަހަރަށް ސޯޝަލް މިީޑިއާގައި ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ކުރިންވެސް ގޯތި ލިބޭ މީހުންނާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް ހަދާފައިވަނީ ބޭއިންސާފުން ކަމަށެވެ. އަދި މިފަހަރު އެ މައްސަލަ ފެންމަތިވެފައިވާއިރު، ނަޝީދު އެކަން ސިފަ ކުރެއްވީ އެއީ ބޭއިންސާފަށް އިތުރު ކުރެވުނު ބޮޅެއް ގޮތުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *