logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ފެނަކަ އެމްޑީއަކަށް ނަޖާޙް އައްޔަން ކޮށްފި

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އައްޔަންކޮށްފި އެވެ.

ނަޖާހު އެމްޑީގެ މަގާމަށް އައްޔަންކުރި ޕީސީބީން ހާމަކޮށްފައިވާއިރު، އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު ވަނީ މިއަދު އިސްތިއުފާ ދެއްވާފަ އެވެ.

އެމްޑީކަމުން އިސްތިއުފާ ދެއްވިކަން ރައީސް ޑރ މުހައްމަދު މުއިއްޒަށާއި، ޕީސީބީ އަށް އަންގަވައި ފޮނުއްވި ސިޓީ ގައި މުއާޒު ވިދާޅުވީ އެ މަގާމަށް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ ކުންފުނީގައި މަސައްކަތްކޮށްފައިވާނީ އިހްލާސްތެރިކަމާއެކު ކަމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ދިމާވި ތަފާތު ގިނަ ގޮންޖެހުންތަކާއެކުވެސް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތުން އެދެވޭ ނަތީޖާ ހާސިލް ކުރެވިފައިވާކަން މުއާޒު ފާހަގަކުރެއްވި އެވެ.

އެ ކުންފުންޏާ ހަވާލުވިއިރު މާލީ ހާލަތު އޮތް ގޮތަށް އަލިއަޅުވާލައްވަމުން މުއާޒު ވިދާޅުވީ އަހަރެއްގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް, ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރާ އަޅާބަލާއިރު މި އަހަރު އޮކްޓޫބަރުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *