logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ރަޝިޔާއިން ރާއްޖެއަށް ކޮންސެލް ޖެނެރަލެއް

ރަޝިއަން ފެޑެރޭޝަނުން ފުރަތަމަ ފަހަރަށް ކޮންސުލް ޖެނެރަލެއް ރާއްޖެއަށް އައްޔަންކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަޝިއާއިން ރާއްޖެއަށް ކަނޑައެޅި ކޮންސުލް ޖެނެރަލް، އެލެކްސީ އެމް އިޑަމްކިން ވަނީ މަގާމުގެ ލިޔުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާ ހަވާލުކޮށްދެއްވާފަ އެވެ.

މަގާމަށް އެލެކްސީ ހަމަޖެއްސެވުމާ ގުޅިގެން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ އޭނާއަކީ ރަޝިއަން ފެޑެރޭޝަނުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ކަނޑައެޅި ކޮންސުލް ޖެނެރަލަށް ވުމަކީ ތާރީހީ ކަމެއް ކަމަށެވެ.

ހަލީލް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެ ވަނައަށް އެންމެ ބޮޑު މާކެޓަކީ ރަޝިއާކަން ފާހަގަކުރައްވާފަ އެވެ. ވުމާ އެކު އިގުތިސޯދީ ގޮތުން އެއްބާރުލުން ދިނުމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކޮންސުލް ޖެނެރަލްގެ ދައުރު މުހިންމު ކަމުގައި ވިދާޅުވި އެވެ.

ކޮންސުލް ޖެނެރަލްގެ މަގާމަށް އެލެކްސީ ހަމަޖެއްސެވުމާ ގުޅިގެން ހަލީލުގެ ޕޯސްޓުގައި ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *