logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ހއ.އަތޮޅު ކައުންސިލްގެ މެންބަރުން / ފޮޓޯ:ހއ.އަތޮޅު ކައުންސިލް އިދާރާ ބައްދަލު ވުމެއްގައި ބައިވެރިވަނީ

ހއ.އަތޮޅު ކައުންސިލަރުން އަތޮޅުގެ ރަށް ރަށަށް އެއްލައްކަ ރުފިޔާ ދެނީ

ހއ.އަތޮޅުގެ ކައުންސިލުގެ ބަޖެޓުން އެ އަތޮޅުގެ ހަތް ރަށަކަށް ފައިސާ ދޫކުރަން ނިންމައިފި އެވެ.

ހއ.އަތޮޅު ކައުންސިލަރުން މިއަދު ކުރި އިއުލާނުގައި ބުނީ އެ އަތޮޅުގެ ހަތް ރަށެއްގައި ފައިދާހުރި އިޖުތިމާއީ ޕްރޮގްރާމްތަކާއި، ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން މި އަހަރުގެ ތެރޭގައި އެއްލައްކަ ރުފިޔާ ދޭން އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންނަށް ފައިދާހުރި އިޖުތިމާއީ ޕްރޮގްރާމަތަކާއި، ޕްރޮޖެކްޓްތަށް ހިންގަން ބޭނުންވާ ފަރާތްތަކުން 27 ނޮވެންބަރ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ފޯމް ހުށައެޅަން ވެސް އިއުލާނުގައި އެދިފައި ވެ އެވެ. ފައިސާ ދޫކުރާނީ އެ ގޮތުން ހުށައަޅާ ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރިޕޯސަލް ހުށަހަޅާ ރަށްތަކަށެވެ.

  ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް

  1. ހއ. އަތޮޅު ރަށްރަށުގެ ކަައުންސިލްގެ އިދާރާތައް
  2. ހއ. އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަށް
  3. ހއ. އަތޮޅުގައި ހުރި ސަރުކާރުގެ މުވަައްސަސާތައް
  4. ހއ. އަތޮޅު ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމިއްޔާތަށް

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ގްރާންޓްކޮށް ފައިސާ ދޫކުރެއެވެ. އެއީ ކައުންސިލް ތަކުން ހިންގަން ބޭނުންވާ އެކި އެކި މަޝްރޫޢުތަކަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ