logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024
އަލިފާނުގެ ހާދިސާއެއް ހިނގި ސަރަހައްދެއްގައި އެމްއެންޑީއެފްގެ ވެހިކަލްތަކެއް ހަރަކާތްތެރިވަނީ. މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހުނު. ފޮޓޯ:އެމްއެންޑީއެފް

ހެންވޭރުގައި ހުރި ވޯކްޝޮޕެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ހެންވޭރު ރަތްވިލާ މަގުގައި ހުރި ވޯކްޝޮޕެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިހާދިސާގައި އަނިޔާވި ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ނުލިބެއެވެ. ފުލުހުން ވިދާޅުވީ، އެ ވޯކްޝޮޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކުރީ މިރޭ 20:46ގައި ކަމަށެވެ. ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރަތްވިލާ މަގުގައި ހުރި ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެރޭ ވަނީ މާލޭގައި މިހާތަަނަށް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާފައެވެ. މިހާދިސާވެސް ހިނގާފައިވަނީ ގަރޭޖެއްގައެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ އެގަރާޖުގައި ރޯވި އަލިފާންގަނޑު އެ ގަރާޖު މަތީގައި ހުރި މ. ސެންޑްރޯސް ހުޅަނގު ބަޔަށް ފެތުރި ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ނުވަ މީހަކާއި ބަންގްލަދޭޝްގެ އެކަކެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *