ޗުއްޓީ ދުވަސްވަރު ކަމުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ބާރު ބޮޑުވެ ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އެމްއޭސީއެލްއިން އެދިއްޖެއެވެ.
އެމްއޭސީއެލް އިން ކުރި ޓްްވީޓެއްގައި ބުނެފައި ވަނީ މިގޮތަށް އެދުނީ ފްލައިޓް ޑިލޭވުމާއި، ކިޔޫ ދިގުވުން ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ކަމަށްށެވެ.
ހުރިހާ ދަތުރުވެރިން ޗެކް-އިން ވުމުގެ ކުރިން އިމުގާ ފޯމް ފުރިހަމަ ކުރުމަށް ވެސް އެމްއޭސީއެލްއިން ވަނީ ހަނދާންކޮއްދީފައެވެ.
During the holiday season, we recommend that all travelers arrive @VelanaAirport three hours before their departure schedule to avoid long lines and any delays.
Also, for a seamless operation, we recommend that all travelers complete the IMUGA form prior to check-in. pic.twitter.com/OaokfOCv8T— Maldives Airports Company Ltd – MACL (@MACLmedia) December 19, 2022
ކޮންމެ އަހަރަކު ވެސް ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއެވެ. އަދި ސްކޫލް ބަންދާ ދިމާކޮށް ރާއްޖޭން ބޭރަށް ފުރާ މީހުންވެސް މިދުވަސްކޮޅު އިތުރުވެއެވެ.