logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލު. އޭނާއާ ދެކޮޅަށް ދައުވާކުރަން އޭސީސީން ވަނީ އެދިފައި. ފޮޓީ: މާލެ ސިޓީކައުންސިލް

އެންސްޕާގެ ކުރީގެ ސީއީއޯއަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފި

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަންސް އެޖެންސީ (އެންސްޕާ)ގެ ކުރީގެ ސީއީއޯ އަދި މިހާރު މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލުގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ކަނޑައަަޅައިދޭން އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މުޖުތަބާ އާ ދެކޮޅަށް ދައުވާ ކުރަން ފޮނުވީ އޭސީސީން ބުނި ގޮތުގައި އެންސްޕާގެ ގެ ބޭނުމަށް ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އުޞޫލުތަކާއި ހިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގަ އެވެ.

އެ ކޮމިޝަނުން ބުނީ 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ އޭރުގެ ސީ.އީ.އޯ މުޖްތަބާ ޖަލީލު ސޮއިކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖްތަބާ ޖަލީލުއާވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށައަޅާފައިވާ ކޯޓޭޝަންތަކެއްކަން އެކޮމިޝަނުން ކުރި ތަހުގީގުން ހާމަވެފައިވާ ކަމަށެވެ.

އޭސީސީން އެދުނީ އެ މަސައްސަލާގައި،  މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ މުޖުތަބާއާ ދެކޮޅަށް ކޮށްދޭށެވެ. ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ވެސް އޭނާއާ ދެކޮޅަށް ކުރަން އޭސީސީން އެދުނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ