logo minivan

English

ހޮނިހިރު, 21 ޑިސެމްބަރ 2024

އެމްއެމްޕީއާރުސީގެ ތަހުޤީޤާ ކުރިމައްލައްވަން ރައީސް ސޯލިހަށް ނުކެރޭނެ: ރައީސް ޔާމީން

އެމްއެމްޕީއާރުސީގެ މައްސަލައިގެ ތުހުމަތު ރައީސް ސޯލިހަށް ކުރެވޭ ކަމަށާއި މަޤާމުގައި ހުންނަވައިގެން އެ ތަހުގީގާ ކުރިމައްލައްވަން ރައީސް ސޯލިހަށް ނުކެރޭނެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، “ފެލާލައިފި”ގެ ނަމުގައި އިދިކޮޅުން މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ، ރައީސް ސޯލިހުގެ "ގަޓެއް" ހުރި ނަމަ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ލިބިފައިވާކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އަމިއްލަފުޅަށް އެދިގެން ތަހުގީގު ކުރެއްވީސްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ރައްޔިތުން “ފެލައިލީ” 2018 ގެ ރިޔާސީ އިންތިހާބާއި ހަމައިން ކަމަށެވެ. އަދި އޭގެ ހަގީގަތްތައް ހާމައަށް ފެންނަން އެބައޮތްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ އެތެރޭގައި ތިބީ ހުސް ވަގުންކަމަށެވެ.

“ރައްޔިތުންގެ ކަނޑު އެއްކޮށް ވިއްކާލައިގެން މިއުޅެނީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެން އެބަޖެހޭ… އަޅުގަނޑު ރައީސް އިބްރާހީމަށް ދަންނަވާލަން ބޭނުން ވަނީ ތި ހުންނެވީ މަގާމުގަ އޭ… ބާރުލާފައި ތި ދަންނަވަނީ އޭ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނޭ.. އަޅުގަނޑުގެ އޮތީ އެންމެ ސުވާލެއް.. ތިޔަ ވިދާޅުވާ އެއްޗެއް މަނިކުފާނުގެ އަމަލާއި ތި ބުނާ އެއްޗަކާއި ދިމާވަންޏާ މަނިކުފާނަށް މި އަންނަ އެމްއެމްޕީއާރުސީގެ ތުހުމަތު، މަދެއްކޮށެއް ނޫންކޮށްފައި އޮތީކީއެއް.. އެހެންކަމަށް ވާނަމަ މަގާމުގައި ހުރެގެން ރައްޔިތުންނަށް ނިކަން ސާބިތުކަން ދައްކާލަބަލަ.. މި ތަހުގީގަކަށް ކުރިމަތިލާކަށް ނުކެރޭނެ” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރާނެކަމަށް ބުނެ މުޅި ޖުޑިޝަރީގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *