logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރާތީ ޕީޕީއެންޕީއެންސީގެ މެމްބަރުން ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެ މުޒާހަރާކުރަނީ. ފޮޓޯ: މުހައްމަދު އާދަމް/މިނިވަން

ޔާމީނަށް ހުުކުމްކުރާތީ ސަޕޯޓަރުން ކޯޓު ކައިރިއަށް އެއްވެއްޖެ

ވ.އާރަށް ކުއްޔަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފު ނައީމަށް ކުއްޔަށް ދިނުމުގައި އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި އެއް މިލިޔަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް ކުރަން ތައްޔާރުވުމުން، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ކްރިިމިނަލް ކޯޓުގެ ކައިރިއަށް އެއްވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ ކައިރީގައި ޕީޕީއެމް/ޕީއެންސީން މިހާރު ކުރިއަށް ގެންދާ އެއްވުމުގައި އެ ދެޕާޓީގެ އާއްމު މެމްބަރުންގެ އިތުރުން ބައެއް އިސް ފަރާތްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުަހައްމަދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ. ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވެސް އެ އެއްވުމުގައި ބައިވެރިވެވަޑައިގެން އެބަ ހުންނެވި އެވެ.

ޔާމީނަށް ހުކުމް ކުރުމަށް ޓަކައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑު އެހުން ފުރަތަމަ ތާވަލުކޮށްފައި އޮތީ ހެނދުނު 9:00 އަށެވެ. އެމަނިކުފާނު ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކޯޓަށް ވަޑައިގެންފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ