logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

އުނިކުރި މެންބަރުން އިޔާދަ ކުރަން ނަޝީދުގެ ކެންޕެއިންނުން ގޮވާލައިފި

އެމްޑީޕީއިން އުނިކުރި މެންބަރުން އިއާދަކޮށް އެ މެންބަރުންނަށް އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުސަތު ދޭން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ގޮވާލައިފި އެވެ.

ނަޝީދުގެ ކެންޕޭން ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާފަހުން އެކުލަވާލި ޝަރުތުތަކަކާ ގުޅިގެން އެމްޑީޕީން 39،000 އަށް ވުރެ ގިނަ މެންބަރުން އެމްޑީޕީގެ ދަފުތަރުން އުނި ކޮށްފައިވާ ކަމަށާއި، އެއީ ރައީސް ނަޝީއަށް ވޯޓު ދިނުން އެންމެ ގާތް މެމްބަރުން ކަމަށެވެ. އެއީ ބުއްދީގެ މަގުންނާއި، އަދި ގާނޫނުގެ ދަށުންވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ މެންބަރުންނަށް ސިޔާސީ އަދި މަދަނީ ހައްގުތައް ހިމާޔަތްވާނެ މަގުން، އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށް ޕާޓީގެ ޗެއާރޕާސަނާއި، އިސް އޮފިޝަލުންނަށް ގޮވައިލާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"…އުނިކުރި މެމްބަޝިޕް އިއާދަކޮށް، އެ މެމްބަރުންގެ ސިޔާސީ ، މަދަނީ ހައްގުތައް ހިމާޔަތްވާނެ މަގުން އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް މި ކެމްޕޭނުން ޕާޓީގެ ޗެއާޕާސަނާއި އިސް އޮފިޝަލުންގެ މައްޗަށް ގޮވައިލަމެވެ،" ނަޝީދު ކެމްޕޭނުގެ ބަޔާނުގައި ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފުތަރާއި އެ ޕާޓީގެ އެތެރޭގެ ދަފުތަރު އެއްގޮތް ކުރަން އެޕާޓީގެ ދަފުތަރުން ނަންތައް އުނިކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމަކުން އެގޮތަށް ނިންމައިގެން، މިދިޔަ އަހަރު އެވެ. އެ ނަންތަން އުނިކުރުމަށް ފަހު އެޕާޓީން އޭރު އެދުނީ އެކަމުގެ ތެރޭގައި މެމްބަޝިޕް ގެއްލުނު މީހަކު ނަމަ އަލުން ފޯމު ފުރުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *