logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

ދައުލަތުގެ ރަސްމީ ރިޒާވް 827 މިލިއަން ޑޮލަރަށް އަރައިފި

ދައުލަތުގެ ރަސްމީ ރިޒާވް 827 މިލިއަން ޑޮލަރަށް އަރައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ރަސްމީ ރިޒަރވް އެންމެ މަތީގައި ހިފެހެއްޓިފައިވަނީ ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައެވެ. މިގޮތުން 2018 ވަނަ އަހަރުގެ ޑިސެންބަރުމަހުން ފެށިގެން 2022 ޑިސެންބަރުމަހުގެ ނިޔަލަށް އެވްރެޖް ގޮތެއްގައި ރަސްމީ ރިޒާވްގައި 817 މިލިއަން ޑޮލަރު ހުރިކަމަށް ހިސާބުތަކުން ދައްކައެވެ. މިއީ ރައީސް ޔާމިންގެ ވެރިކަމުގައި އެވްރެޖް ރިޒާވް ހުރި މިންވަރާ އަޅާބަލާއިރު 39 އިންސައްތަ އިތުރުވުމެކެވެ.

މީގެ އިތުރުން، ރާއްޖޭގެ ރިޒާރވް ފުރަތަމަ ފަހަރަށް 1 ބިލިއަން ޑޮލަރަށް 2021 ސެޕްޓެންބަރުގެ ތެރޭގައި ވަނީ އަރާފައެވެ. މިސަރުކާރުގައި ރިޒާވް އެންމެ ދަށަށް ދިޔައިރުވެސް ރިޒާވްގައި 499.63 މިލިއަން ޑޮލަރު ހުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ރިޒާވް އެންމެ ދަށަށް ވެއްޓިގެން ދިޔައިރު ރިޒާވްގައި ހުރީ 343.5 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ވަނީ އޭގެ ކުރިން އަހަރުގެ ނޮވެމްބަރު މަހަށް ވުރެ ވެސް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. އޭގެ ކުރީ މަހަށް ވުރެ ރިޒާވް ވަނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ރާއްޖޭގެ ރިޒާވް 2021 ވަނަ އަހަރު ނިމުނު ހުރީ 805 މިލިއަން ޑޮލަރުގަ އެވެ. އަދި 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވް ހުރީ 985 މިލިއަން ޑޮލަރުގަ އެވެ. އެހެންވެ މިދިޔަ ހަތަރު އަހަރު ވެސް ރާއްޖޭގެ ރިޒާވް އަހަރު ނިމުނު އިރު ވަނީ އެވްރެޖުކޮށް 800 މިލިއަން ޑޮލަރުގައި ހިފެހެއްޓިފަ އެވެ.

މި އަހަރު ނިމޭ އިރު ރިޒާވް ހުންނާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައި ވަނީ 606.3 މިލިއަން ޑޮލަރުގަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *