މާލެއިން މީހަކު ގެއްލިގެން އަނެއްކާ ވެސް ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދ. މާއެނބޫދޫ / ފަރިމާވިލާ، ޙަސަން ރަމީޒް (34އ) އެވެ.
ފުލުހުން އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި 2023 ޖަނަވަރީ 6 ވަނަ ދުވަހުން ފެށިގެން ޙަސަން ރަމީޒްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ 10 ވަނަ ދުވަހުއެވެ. ޙަސަން ރަމީޒް ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް ތެޔޮބޯޓަކުން ދެ މީހަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރިއެވެ.
ގެއްލިގެން އޭރު އިއުލާނު ކޮށްފައި ވަނީ ދހިވެއްސަކާ ބިދޭސީ މީހެކެވެ. އެގޮތުހުން މާލެ އިން ދިވެހި މީހާ ފެނުނު އިރު ވެސް ބިދޭސީ މީހާއަށް ވީ ގޮތެއް އަދިވެސް ނޭނގެ އެވެ .
ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ދިވެހި މީހާ މިހާރު ވަނީ މަރެއްގެ މައްސަލާގެ ތުހުމަތަށް ދެ މަސް ދުވަހުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ބަންދު ކޮއްފައެވެ.