logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހަރުކަށި ފިކުރުގައި ޖެހުމުން، އެމީހާގެ ވިސްނުން ގޮސް ހުއްޓެނީ ޓެރަރިޒަމްގެ އަނގޮޅިއަށް: ރައީސް

ހަރުކަށި ފިކުރުގައި ޖެހުމުން، އެމީހާގެ ވިސްނުން ގޮސް ހުއްޓެނީ ޓެރަރިޒަމްގެ އަނގޮޅިއަށްކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ، ހަރުކަށި ފިކުރާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި ކަމަށާއި، އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލުކަން ވެސް އެބަހުރި ކަމަށެވެ. އަދި އެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އޮތް އެންމެ ނުރައްކާތެރި އަނެއް ކަމަކީ، ހަރުކަށި ފިކުރުގެ މައްސަލަ. ހަރުކަށި ފިކުރުގައި ޖެހުމުން، އެމީހާގެ ވިސްނުން ގޮސް ހުއްޓެނީ ޓެރަރިޒަމްގެ އަނގޮޅިއަށް. އެ ވިސްނުމުގައި ތިބެގެން ނުރައްކާތެރި ބޮޑެތި ޖަރީމާތައް ހިންގުމުގެ ކުރިއަށް، ފުލުހުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅަކީ، ރައްޔިތުންނަށް ލިބޭ އިތުބާރާއި ޔަޤީންކަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މި ދެންނެވި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި. އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލްކަން ވެސް އެބަހުރި. އެކަން ދިވެހި ފުލުހުން އަންނަނީ ސާބިތުކޮށްދެމުން." ރައީސް ސޯލިހު ވިދާޅުވިއެވެ،

ރައީސް ވިދާޅުވީ، މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލާ ބަޔަކީ ދިވެހި ފުލުހުން ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ