logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

އެންމެ ފުލުހަކަށް ހެދޭ އެންމެ ގޯހަކުން ވެސް، މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެ: ރައީސް ސޯލިހު

އެންމެ ފުލުހަކަށް ހެދޭ އެންމެ ގޯހަކުން ވެސް، މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ފުލުހުންގެ އިދާރާއަކީ ވެސް ބޮޑު އެއް ޢާއިލާއެއް ކަމަަށާއި މި ޢާއިލާގެ ބަދަހިކަމާއި، ރީތި ނަން ދެމެހެއްޓުމަކީ، ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.،

"ފުލުހުން ޤަބޫލުކުރަންޖެހޭ އަނެއް ޙަޤީޤަތަކީ، އެންމެ ފުލުހަކަށް ހެދޭ އެންމެ ގޯހަކުން ވެސް، މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެކަން. ފުލުހުންގެ ޚިދުމަތާމެދު ކުރާ އިތުބާރާއި ޔަޤީންކަމަށް ބުރޫއަރާފާނެކަން. ތަމްރީނު ފުރިހަމަ ކުރައްވައިގެން ޚިދުމަތަށް ނުކުންނަވާ ހުރިހާ ފުލުހުންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ އެއް ކަމަކީ، މި ދެންނެވި އިތުބާރާއި ޔަޤީންކަން ދެމެހެއްޓުން." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުޅި ރާއްޖެ މިއަދު މިސްރާބު ޖަހާފައި މިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ މުޅިން އާ މަންޒިލަކަށް ކަމަށާއި ދެމެހެއްޓެނިވި ތަރައްޤީއަކީ މުޖުތަމަޢުގެ ޞުލްޙަޔާއި ހަމަޖެހުމާ އެކުގައި ޙާޞިލުކުރެވޭ ކަމެއް ކަމަށެވެ. އަދި މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލާ ބަޔަކީ ދިވެހި ފުލުހުން ކަމަށް ރައީސް ވިދާޅުވިއެވެ. މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި މިކުރާ މަސައްކަތް ކާމިޔާބު ކުރުމުގައި، ދިވެހި ފުލުހުންގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ފުޅާ ދާއިރާއެއްގައި ޤައުމަށް ބޭނުންވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *