logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ހައުސިން ސްކީމްތަކާ ގުޅުވައި ، އޮޅުވައިލުމުގެ ކޯލްތަކެއް ކުރާތީ ސަމާލުވާން އެދިއްޖެ

ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅުވައިގެން އޮޅުވައިލުމުގެ ކޯލްތަކެއް ކުރާތީ، އެފަދަ ކޯލްތަކަށް އިޖާބަ ނުދޭން ހައުސިން މިނިސްޓްރީން އެދިއްޖެ އެވެ.

ހައުސިން މިނިސަޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފު "މިނިވަން"އަށް މިއަދު ވިދާޅުވީ ގެދޮރުވެރިޔާ އަދި ބިންވެެރިޔާ ސްކީމާ ގުޅޭ ގޮތުން ކަމަށް ބުނެ އެކި ފަރާތްތަކަށް އޮޅުވައިލުމުގެ ކޯލުތައް ކުރާ ފަރާތްތަކުން، ބޭނުންކުރާ ނަމްބަރަށް މީހުން ފަހުން ގުޅައިފި ނަމަ މިނިސްޓްރީގެ ރިސެޕްޝަނަށް އެކޯލްތައް ޑައިވާޓްވާ ގޮތަށް ހަދާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް ކަންތައް ކުރާތީ އާއްމުންގެ ގިނަ ކޯލްތަކެއް ހައުސިން މިނިސްޓްރީއަށް މިއަދު ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކިމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކަށް މި މިނިސްޓްރީއަކުން ނުގުޅާނެ. އެ ސްކީމްތަކާ ގުޅޭ ގޮތުން ކަމަށް ބުނެ މިހާރު ކުރަމުން އެދަނީ އޮޅުވައިލުމުގެ ކޯލްތަކެއް،" އާރިފު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމަކީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ކުރިއަށް ގެންދާ ފްލެޓް މަޝްރޫއުގައި އަޅާ ފްލެޓްތައް ދޫކުރުމުގެ ސްކީމެވެ. ގެދޮރުވެރިޔާ ސްކީމަކީ މާލޭ މީހުންނަށް ގޯތިދޭން ކުރިއަށް ގެންދާ ސްކީމެވެ.  އެ ދެ ސްކީމުގައި ވެސް ފޯމު ފުރުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ