logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮއްލައިފި

މާލޭގައި މިއަދު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮއްލަިފިއެވެ.

ފުލުހުން ބުނީ އަމީނީ މަގު ގިޔާސުއްދީން ސްކޫލް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓެއް ލިބުނީ މިއަދު 16:10 އެހާކަށް ހާއިރު ކަމަށާއި އެ ރިޕޯޓް ލިބުމާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް، ޒަހަމްވީ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެއީ އުމުރުން 26 އަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ އަށް މިހާރު އަންނަނީ އައިޖީއެމްއެޗް އިމަރޖެންސީ ގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސްކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ

ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މިމަހުގެ 11 ވަނަ ދުވަހު ވެސް ވަނީ މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *