logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
ބަސް އެކްސިޑެންޓުގައި 41 މީހުން މަރުވި ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގައި ބްރިޖެއްގެ މަތިން ބަހެއް ވެއްޓި 41 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ލަސްބެލާ ޑިސްޓްރިކްޓްގައި އިއްޔެ ބްރިޖެއްގެ މަތިން ބަހެއް ވެއްޓި  41 މީހުން މަރުވެއްޖެއެވެ.

ލަސްބެލާގެ އިސް އޮފިޝަލެއް ކަމަށްވާ ހަމްޒާ އަންޖުމް އާ ހަވާލާދީ އޭއެފްޕީ ބުނީ 48 ފަސިންޖަރުންނާ އެކު ދަތުރުކުރަމުން ދިޔަ ބަސް ވެއްޓުނީ ބްރިޖުމަތީގައި ހުރި ތަނބެއްގައި ޖެހިގެން ކަމަށެވެ.

ބަސް ދަތުރުކުރަމުން ދިޔައީ ބަލޫޗިސްތާނުގެ ޕްރޮވިންސް ވެރިރަށް ކުއެޓާ އާއި ކަރާޗީއާ ދެމެދުގައެވެ.

އޮފިޝަލަކު ވިދާޅުވީ މަރުވެފައިވާ މީހުންގެ ހަށިތައް ދެނެގަންނަން އުދަނގޫ ކަމަށެވެ. އެކްސިޑެންޓްވީ، ބަސް ޑްރައިވަރު ނިދިޖެހުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށާއި ދަތުރުގައި ޑްރައިވަރު ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ކަމަަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޚުވެފައި ވެ އެވެ.

"އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލާނެ،" އަންޖުމް ވިދާޅުވި ކަމަށް އޭއެފްޕީގެ ހަބަރުގައި ވެ އެވެ.

އެ ހާދިސާގައި މަރުވި މީހުން ދެނެގަންނާނީ ޑީއެންއޭ ޓެސްޓް ހަދައިގެންނެވެ.

ހާދިސާ ހިނގުމާ އެކު ޕާކިސްތާނު ފުލުހުން އެތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލި ނަމަވެސް އޭރު ބަސް އޮތީ ވަރަށް ބޮޑަށް އަނދައިފަ އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ