ދާދިފަހުން މާލޭ ދެކުނު ފަރަތާތުގައި ހުންނަ ނީލަން ފިހާރާގައި އަލިފާން ރޯވުމާއި ގުޅިގެން އެތަނުގައި ހުރި އާއްމު ރައްޔިތުންގެ ވަރަށްގިނަ މުދަލަށްވަނީ ވަރަށްބޮޑެތި ގެއްލުންލިބިފައެވެ.
ނީލަން ފިހާރައަކީ ވަރަށްގިނަ އަދަދަކަށް ބައުދަގަނޑުވެސް އެތަނުގައި ވިއްކުމަށްޓަކައި ބޭނުންކުރާތަނަކަށްވާތީ މި ހާދިސާ ހިނގިއިރު އެތަނުގައި ވަރަށްގިނަ އަދަދެއްގެ ބައުދަގަނޑުވެސް ހުއްޓެވެ. ނަން ހާމަ ނުކުރުމަށްއެދި މިނިވަން އަށް މައުލޫމާތު ދިން މާލެ ސިޓީ ކައުންސިލްގެ މެންބަރަކު ބުނީ އަލިފާނުން ހާދިސާގައި ލިބުނުގެ ގެއްލުމާގުޅިގެން މާލެ ސިޓީ ކައުންސިލުން އެސަރަޙައްދު ސާފުކުރުމުގެ ތެރޭގައި އެތަނުގައި ހުރި ބައުދަގަނޑު ބޮޑު ލޮރީގައި ގެންގޮސް ވިއްކަމުންދަނިކޮށް ނީލަން ފިރާހައިގައި ވިޔަފާރިކުރި ވިޔަފާރިވެރިންނަށް އެކަން އެނގިފައެވެ. އަދި މި މައްސަލަގަނޑުގެ ތެރެއިން މިހާރުވަނީ އިތުރަށް ނީލަންފިހާރައިން އެއްވެސް ބައު ދަގަނޑެއް މާލެ ސިޓީކައުންސިލްގެ އެއްވެސް ވެހިކަލަކަށް އެރުވުން މަނާކޮށްފައިކަމަށެވެ.
އަދި އެފަރާތުން މިނިވަން އަށް މައުލޫމާތު ދިންގޮތުގައި ލޮރީގައި ދަގަނޑު ގެންގޮސްފައިވަނީ ހުޅުމާލެ އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަގަނޑުތައް ވަނީ އޭގެ ވެރިންނަށް ނޭނގި ބާދަނގަޑަށް ކިރާލާފައެވެ.