logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024
އިދިކޮޅުން މިއަދު ކުރި މުޒާހަރާ ރޫޅައިލި ވަގުތު ނޫސްވެރިއަކު ވެއްޓިފައި. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިނުވޭ: ފުލުހުން

މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާނެ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ވަނީ ނޫސްވެރިއަކަށް އަނިޔާވެފައި ވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

އެކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާނެ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީފައި ވާނޭކަމަށާއި، ރޫޅާލުމަށް ޝީލްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަ ކުރާކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ގެންދަނީ ކުރަމުން ކަމށްވެސް ފުލުހުން ބުނެއެވެ.

މި ގޮތަށް ފުލުހުން ބުނެފައި ވާ އިރު މިއަދު މުޒާހަރާގެ ތެރެއިން އަނިޔާވި ނޫސްވެެރިޔަކު ވަނީ އޭޑީކޭ ހޮސްޕިތަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ސްރީލަންކާ އަށް ފުރުވާލާފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *