logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024
ލަންކާގެ ކުރީގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސާ ފޮޓޯ: އޭއެފްޕީ

ފޮރުވާފައިވާ ފައިސާތަކެއްގެ މައްސަލާގައި ގޯޓާބަޔައާ ސުވާލުކޮށްފި

ވެރިކަމުން ދުރުކޮށްފައިވާ ސްރީލަންކާގެ ކުރީގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ދިރިއުޅުއްވާ ގެކޮޅަށް ވަން މުޒާހަރާގެ ބައިވެރިންނަށް ފެނުނު ފޮރުވިފައިވާ ފައިސާގެ މައްސަލަ ބަލަމުން އަންނަ ކަމަށް ލަންކާގެ ފުލުހުން ބުނެފިއެވެ.

ގޯޓާބަޔަގެ ވެރިކަމުގައި ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އެގައުމުގެ 22 މިލިއަނަށްވުރެ ގިނަ މީހުންނަށް ބޭހާއި ތެލާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވިއެވެ.

ގޯޓާބަޔާއާ ދެކޮޅަށް ހަމަނުޖެހުން ހިންގައި މުޒާހަރާތައް ގިނަވުމާއެކު އެމަނިކުފާނު ވަނީ ލަންކާ ދޫކުރައްވާ ބޭރަށް ފުރާވަޑައިގެންދައެވެ. އޭގެ ފަހުން ދިރިއުޅުއްވަމުން ގެންދެވި ހަތިޔާރު އެޅި ސިފައިންގެ އެހީގައެވެ.

ރިޔާސީ ގަނޑުވަރުގެ ތެރެއިން ފޮރުވާފައި ހުރި 17.5 މިލިއަން ރުޕީސް (48،000 ޑޮލަރު) އެތަން ވަން އާއްމު ރައްޔިތުންނަށް ވަނީ ފެނިފައެވެ. އެ ފައިސާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު ނިހާލް ތަލްދުވާ ވިދާޅުވީ ރާޖަޕަކްސަގެ ގެއިން ފެނުނު ފައިސާއާ ގުޅޭ ގޮތުން ތިން ގަޑިއިރުގެ ދިގު ބަޔާނެއް ނަގާފައިވާ ކަމަށެވެ.

ތަލްދުވާ ވިދާޅުވީ ގޯޓަބަޔާއާ ސުވާލުކުރުމަކީ މިހާރު ކުރިއަށްދާ ތަހުގީގެއްގެ ތެރެއިން ކުރި ކަމެއް ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *