logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024
ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ޑްރަގް ގެންނަ މީހުން ފޮނުވައިލާ ގަވައިދު ހެދީ ގާނޫނުއަަސާސީގެ ބާރު ކަނޑުވައިލަން: ގާސިމް

ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ރާއްޖެއަށް އެތެރެ ނުކޮށް އަނބުރާ ފޮނުވައިލެވޭ ގޮތަށް އިމިގްރޭޝަނުން ދާދި ފަހުން ހެދި ގަވައިދަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވައިލަން ހަދާފައިވާ ގަވައިދެއް ކަމަށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ތުހުމަތުކުރައްވައިފި އެވެ.

ޑްރަގް މީހުން ފޮނުވައިލާ ގަވައިދުގެ ބައެއް ބައިތައް ގާނޫނާ ހިލާފު ކަމަށް ތުހުމަތުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި ކުލިއް މައްސަލައިގެ ބަހުސްގައި ގާސިމް ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނު ތަކާ ހިލާފަށް އެއްވެސް ގަވައިދެއް ނުހެދޭނެ ކަމަށާއި އެފަދަ ގަވައިދެއް ވާނީ ބާތިލު އެއްޗަކަށް ކަަމަށެވެ. އެހެންވީމާ އެ ގަވައިދު ހެދި ބަޔަކާއި އެ ގަވައިދު ހަދަން އަމުރުކުރި މީހަކު ވެސް ގޯސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތައި ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް އެއްވެސް ގަވައިދެއް ނުހެދޭނެ. އަދި ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް މީހަކަށް ގަވައިދެއް ނުހެދޭ ތަނުގައި މީހަކު ކުރާ އަމުރަކަށް ވެސް ތަބާވާކަށް ނުޖެހޭ. ކޮންމެ ވެރިޔަކު ކުރިޔަސް ވެސް. އެހެންވީމާ މި މައްސަލައިގެ ބޮޑުކަން އެބަ އެނގޭ ވަރަށް ސާފުކޮށް، ކޮންމެވެސް ދިމާލަކުން ކޮންމެވެސް ބަޔަކު މިއުޅެނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެންކަން، ނުަވަތަ ގާނޫނުތަކުގެ ވެސް ބާރު ކަނޑުވާލައިގެން ކަން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގަވައިދުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބަަލަން ޖެހޭ ކަމަށެވެ. ވެރިކަން ހިންގުމުގެ ބާރު އޮންނާނީ ގާނޫނުއަސާސީއާއި ގާނޫނުގެ ތެރެއިން ކަމަށާއި ގާނޫނު އަސާސީއާއި ގާނޫނުގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވައިގެ މަގުން ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން އަނބުރާ ފޮނުވައިލެވޭ ގަަވައިދާ ދެކޮޅަށް ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަަލަ މަޖިލީހަށް ބަލައި ނުގަތުމަށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވިޕެއް ވެސް ނެރުނެވެ. އެހެން ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްވީ، އެމްޑީޕީގެ ދެ ފެކްޝަނުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފެކްޝަނުގެ ގިނަ މެމްބަރުންތަކެއް ޖަލްސާގައި ވަޑައިގެން ނެތުމާއި އެކު ޖޭޕީ އާއި އިދިކޮޅު މެމްބަރުންގެ ވޯޓު ވެސް އެކަމަށް ދީގެންނެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ ތެރެއިން 24 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެމްބަރެކެެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *