logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024

ފަނޑިޔާރު ހުސައިން ޝަހީދާއި އެހެން ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތެއްނުވި

ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައިގެ އިތުރުން އިތުރު އެހެން ދެކޯޓެއްގެ ދެ ފަނޑިޔާރެއްގެ ސުކޫލީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ ) އިން ނިންމައިފިއެވެ.

ފަނޑިޔާރު ހުސައިން ޝަހީދުގެ ދެ މައްސަލައިގެ އިތުރުން ޖޭއެސްސީ އަށް ހުށަހެޅި އަނެއް ދެ މައްސަލައަކީ،  ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބުގެ ސުލޫކީ މައްސަލައަކާ، ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދުގެ ސުލޫކީ މައްސަލައެވެ.

ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭގޮތުން ޖޭއެސްސީން ބެލީ ކޮން މައްސަލަތަކެއްކަމެށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ތަހުގީގުކުރަން ފެށި، ގާޒީ ސަފްއަތު ހަބީބުގެ މައްސަލައަކީ،  ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީ ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ މައްސަލެވެ.

ގާޒީ މަރިޔަމް ވަހީދުގެ މައްސަލަ ތަހުގީގުކުރަން ފެށީ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ ތަންފީޒީ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމަކާ އެގަޒިއްޔާއާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން މުއާމަލާތުކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލާ ކަނޑައެޅިގެން ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ލިބުނު ޝަކުވާއަކާ ގުޅިގެންނެވެ.

މި ހަތަރު މައްސަލަ ބަލައި ތަހުގީގުކުރުމަށްފަހު ސާބިތު ނުވާ ކަމަށް ޖޭއެސްސީ އިން ނިންމާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 12 ވަނަ ބައްދަލުވުމުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *