logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ޔޫރަޕަށް އެތެރެވާން އުޅުނު ހިޖުރަވެރިންގެ ބޯޓެއް އަޑިއަށް ގޮސް 73 މަަރު

ލީބިޔާގެ އައްސޭރިފަށުން ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުން ދަތުރުކުރި 73 މީހުން މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި ބޮޓު އަޑިއަށް ދިޔުމުގެ ހާދިސާގައި ސަލާމަތްވީ އެންމެ ހަތް މީހުންނެވެ.

މިހާތަނަށް ލީބިޔާގެ ރެޑް ކްރެސެންޓާއި ފުލުހުންނަށް ބޯޓުން ދަތުރުކުރި 11 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ ބޯޓުގެ ދަތުރުކުރަމުން ދިޔައީ ޔޫރަޕާ ދިމާލަށެވެ.

މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ދަތުރެއް ކުރަމުން ދަނިކޮށް މިއަހަރު މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އައިއޯއެމްއިން ބުނީ މިދިޔަ އަހަރު 1450 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

މި ހާލަތަކީ ކެތްނުކުރެވޭ ވަރުގެ ހާލަތެއް،" އެ ޖަމާއަތުގެ ތަރުޖަމާނު ސަފާ މެސެހްލީ ވިދާޅުވިއެވެ.

ސަފާ ވިދާޅުވީ ސާޗް އެންޑް ރެސްކިއު ކެޕޭސިޓީ އިތުރުކުރުމާއި، ސާފު އަދި ރައްކާތެރި ކަމާއެކު ފައިބާނެ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން ނުރައްކާތެރި ދަތުރުތައް މަދުކުރުމަށް ހިޖުރަކުރުމަށް ރައްކާތެރި ސަރަހައްދުތައް ގާއިމުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *