logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ވ.ތިނަދޫ. ފޮޓޯ: ވައިލްޑް މޯލްޑިވްސް

ޑަބްލިއުޑީީސީއަށް އިންތިހާބުވުމުން ހުވައެއް ނުކުރި، އަލުން އިއުލާނުކުރުމުން ކުރިމަތިލާނެ ބަޔަކު ނުވި!

ވ،. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން ލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހުމުން އެކޮމިޝަނުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ތިނަދޫ ޑަބްލިއުޑީސީގެ މައްސަލަ އީސީން މަޖިލީހަށް ހުށަހެޅީ އެ މައްސަލައާއި އެބާވަތުގެ އެހެން މައްސަލަތަކަށް ވެސް ގާނޫނީ ހައްލެއް ހޯދައިދޭން އެދި އެވެ. އެ ކޮމިޝަނުން މަޖިލީހަށް ފޮނުުވި ސިޓީގައިވާ ގޮތުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތިނަދޫ ޑަބްލިއުޑީސީއަށް ވެސް ފަސް ބޭފުޅަކު އިންތިހާބު ވި އެވެ. އެހެން ނަމަވެސް އެ ބޭފުޅުން މެމްބަރުކަމުގެ ހުވާ ނުކުރައްވައިގެން، ލޯކަލް ގަވަމެންޓް އޮތޯރިޓީން ނިންމީ އެ ގޮނޑިތައް ހުހަށް ހުރި ކަމަށެވެެ. އެހެންވެ އެ ކޮމިޓީއަށް މެމްބަރުން އަލުން އިންތިހާބު ކުރުމަށް ޓަކައި އީސީން އިިއުލާނު ކުރުމުން ކުރިމަތިލާނެ ފަރާތެއް ނުވި ކަމަށް ވެސް އީސީގެ ސިޓީގައި ބުންޏެވެ.

އީސީގެ އެ ސިޓީއާ ބެހޭ ގޮތުން މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެ މެމްބަރުން ވަަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ތިނަދޫ ޑަބްލިއުޑީސީއަށް އިންތިހާބުވި ބޭފުޅުން ހުވާ ކުރައްވަން އިންކާރު ކުރައްވާ ކަމަށް އެލްޖީއޭއިން އެންގީ، އެކަން ދިގުލައިގެން ގޮސް ވަރަށް ގިނަ ދުވަސްވީ ފަހުން ކަމަށެވެ. އެ ކޮމިޓީއަށް މެމްބަރުން އަލުން އިންތިހާބު ކުރުމަށް ޓަކައި މެމްބަރުކަމަށް ކުރިމަތިލާން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަތަރު ވަނަ ފަހަރު އިއުލާނު ކޮށްގެން މުއްދަތު ހަމަވެއްޖެ މިހާރު. ހަތަރު ފަހަރު ވެސް އިއުލާނުކޮށްގެން އެއްވެސް ބަޔަކު ކުރިމައްޗެއް ނުލާ،" ހަބީވު ވިދާޅުވި އެވެ.

ވ،. ތިނަދުއަށް އެގޮތް ދިމާވެފައި ވާތީއާއި އެކިއެކި ރަށްރަށުގެ ޑަބްލިއުޑީސީ މެމްބަރުން އިސްތިއުފާދެއްވާލެއް ގިނަ ކަމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަން އެލްޖީއޭއާއި ޖެންޑާ މިނިސްޓްރީއާ އެކު މަސައްކަތް ކުރަން އުޅުނު ނަމަވެސް އެ ދެ މުއައްސަސާއިން އެކަމަށް މާބޮޑު ތަރުހީބެއް ނުލިބުނު ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

"އަސްލު ހަމަ އަޅުގަނޑުމެން ޑޭޓް ވެސް ކަނޑައަޅާގައި ދަތުރުކުރަން ހަމަ ތައްޔާރުވީތަނާ ހެން އެކަމަށް އަނެއް ދެ މުއައްސަސާއިން އެހާ ބޮޑު ޝައުގުވެރިކަމެއް ނެތީމާ ދެން އަޅުގަނޑުމެން ހިތަށް އެރީ އިލެކްޝަންސް ކޮމިޝަނުގެ ދައުރަކީ ހަގީގަތުގައި އިންތިހާބު ކުރުމޭ،" ހަބީބު ވިދާޅުވި އެވެ.

ރަކީދޫ ކައުންސިލަށް ވެސް އަންހެން މެމްބަރަކު ނުލިބުނު

ހަބީބް ވިދާޅުވި ގޮތުގައި ވ. ތިނަދޫ ޑަބްލިއުޑީސީއަށް ކުރިމަތިލާނެ ފަރާތެއް ނުވުމުގެ އިތުރުން، އެ އަތޮޅު ރަކީދޫ ކައުންސިލުން އަންހެންނުނަށް ހާއްސަކޮށްފައިވާ ޖާގައަށް މެމްބަރަކު އިންތިހާބުކުރަން ދެ ފަހަރަށް އިއުލާނު ކޮށްގެން ވެސް ކުރިމަތިލާނެ ފަރާތެއް ވަނީ ނުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވީ ރަކީދޫއަށް އެކަނި ނޫން ކަމަށާއި އާބާދީ މަދު އެހެން ބައެއް ރަށްރަށުގައި ވެސް އެ މައްސަލަ ދިމާވާ ކަމަށެވެ.

ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މިއަދު އެޑިވަޑައިގެންނެވީ އެ ފަދަ މައްސަލަތައް ހައްލުކުރަން އިސީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ހިޔާލެއް ކޮމިޓީއަށް ދެއްވުމަށެވެ. އެއީ ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެންނަ އިސްލާހުތަކުގެ ތެރޭގައި އެކަންކަން ހިމެނުމަށެވެ.

ހަބީބު ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް ކުރިމަތި ލެވޭ އުސޫލުން، ޑަބްލިއުޑީސީ އަށް ވެސް އެރަށެއްގެ ރައްޔިތުން ނޫނަސް ކުރިމަތިލެވޭ ގޮތް ހެދުމަކީ ހައްލަކަށް ވެދާނެ ކަމަށެވެ.

"މިހާރު ލޯކަލް ކައުންސިލްތަކަށް ކުރިމަތިލެވޭ އެރަށެއްގެ ރަށްވެެއްސަކަށް ނޫނަސް ދެއްތޯ. ޑަބްލިއުޑީސީގެ ޝަރުތެއްގެ ގޮތަށް ކަނޑައަޅުއްވާފައި މި އޮންނަނީ، މެމްބަރެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެ ރަށެއްގެ ރަށްވެއްސަކަށް ވުން. އެހެންވީމާ އަަޅުގަނޑަށް ހީވަނީ އެ ޝަރުތަށް ކޮންމެވެސް ބަދަލެއް ގެނެސްްފިއްޔާ މިއަށް ހައްލެއް ލިބިދާނޭ،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑަބްލިއުޑީސީ ތަކަށް މީހުން ކުރިމަތިނުލާ ސަބަބެއް އަދި ދިރާސާކުރެވިފައެއް ނެތް ކަމަށާއި އެހެން ނަމަވެސް ކޮމިޝަނުން ރަށްރަަށަށް ކުރި ދަތުރުތަކުގައި އިވޭ ވާހަކަތަކެއް އެބަހުރި ކަމަށެވެ. އޭގެ އެއް ކަމަކަަށް އޭނާ ވިދާޅުވީ ޑަބްލިއުޑީސީއާއި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފުށު އަރާ ކަންތައްތަކެއް ހުންނަ ކަމަށް މީހުންނަށް ގަބޫލުކުރެވުމެވެ. އެއީ ދިރާސާކޮށް ހައްލެއް ގެންނަން ޖެހޭ ކަމެއް ކަމަށް އީސީން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކީއްކުރަން 100 މީހުން ކައުސިލަރުންާއެކު 10 މީހުންވެސް ނުތިބޭ ރަށްރަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ