ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ރައީސް ސޯލިހު ސިންގަޕޫރަށް ފުރައިވަޑައިގަތުން ފިޔަވާ މިދަތުރުފުޅުގެ އެެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ދުވަހުގެ ދަތުރުފުޅެކެވެ. ރައީސް ސޯލިހު ވަނީ މިދިޔަ މީގެ އަހަރެއްހާ ދުވަސްކުރިން ތައިރޮއިޑްގެ އޮޕަރޭޝަނެއް އެ ގައުމުން ކުރައްވައިފައެވެ.