logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ސިޔާސީ ޕާޓީތަކަށް 36 މިލިއަން ރުފިޔާ ދެނީ، އެންމެ ގިނަ ފައިސާ އެމްޑީޕީއަށް

ސިޔާސީ ޕާޓީތައް ހިންގުމަށް މި އަހަރުގެ ބަޖެޓުން ކަނޑައަޅާފައިވާ 36.9 މިލިއަން ރުފިޔާ ހަ ޕާޓީއަކަށް، ދޫކުރަން އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ.

އީސީން އާންމުކުރި ތަފްސީލުގައިވާ ގޮތުން މި ފައިސާ ލިބޭނީ އީސީގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާއި ހަމައަށްް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއާއި އެމްއެންޕީ އެވެ.

އަދި އެޕާޓިތަކުން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު ވެސް ހުށަހަޅަންޖެހުނެވެ. ފައިސާދޭން ނިންމާފައިވާ ހަ ޕާޓީއާއި އެ ޕާޓީތަކަށް ދޭ ފައިސާގެ އަދަދަކީ:

  • އެމްޑީޕީ: 14.2 މިލިއަން
  • ޕީޕީއެމް: 9.5 މިލިއަން
  • އެމްޑީއޭ: 2.6 މިލިއަން
  • އެމްއެންޕީ: 2.4 މިލިއަން
  • އަދާލަތު ޕާޓީ: 2.4 މިލިއަން
  • ޖުމްހޫރީ ޕާޓީ: 5.7 މިލިއަން

އީސީ އިން ހާމަކުރި ތަފްސީލުގައި ވާގޮތުން އެންމެ ބޮޑު އަދަދެއްގެ ފައިސާ ލިބެނީ މެންބަރުން އެންމެ ގިނަ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ އިދިކޮޅު ޕީޕީއެމްއަށެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ބިލެއް ހުށަހަޅިއެވެ. ނަމަވެސް ތާއީދު ނުލިބުމުގެ ސަބަބުން މަޖިލީހުން ވަނީ އެ އިސްލާހު ބޭރުކޮށްލައިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ