logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024
އާންމުވެފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެފޭއަކަށް ގެއްލުންދީފި

މޫނު ނިވާކޮށްގެން ވަދެ ހުޅުމާލޭގެ ކެފޭއަކަށް ބަޔަކު ގެއްލުންދީފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯއަކުން ފެންނަނީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން ހުޅުމާލޭގައި ހުންނަ " ޖޫސް ޓައިމް" އަށް ވަދެ ތަނަށް ގެއްލުންދޭ މަންޒަރެވެ. 

އެއިރު އެތަނުގައި މީހުން ވެސް ތިއްބެވެ. އެމީހުން ވަދެ މޭޒު މަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ބިން މައްޗަށް އުކާލައި މަރުތޭލުން އެކި ތަންތަނުގައި ތަޅާ ގެއްލުންދެއެވެ. ވީޑިއޯއިން ފެންނަގޮތުގައު އެ ތަނުން އެކަކު އެކައުންޓަރުގެ ވަތްގަނޑުން އެއްޗެހިތަކެއް ނަގައިގެން ޖީބަށް ވެސް ލައެެވެ. 

މިހާދިސާ ހިނގާފައިވަނީ ރޭ އިރުއޮއްސުނުއިރު ކަމަށް މައުލޫމާތުލިބެއެވެ.

ފުލުހުން ބުނީ ކެފޭއަކަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކޮށް، މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.  

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *