ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބްރައީސް ޖިހާދު ހަމަޖައްސައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް ނިންމުމަށް ބޭއްވި ޖަލްސާގައި ސްޕެޝަލް އެޑްވައިޒަރުގެ އިތުރުން އެޑްވައިޒަރުންގެ ގޮތުގައި 5 ބޭފުޅަކު ވަނީ ހަމަޖައްސާފައެވެ.
އެއީ ކުރިންވެސް އެމަޤާމްގައި ތިއްބެވި ކުރީގެެ ދަނގެތީ ދާއިރާގެ މެމްބަރު އިލްޙާމް އަޙްމަދާއި ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރުރިޔާޒް ރަޝީދާއި ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާން ހުސެއިން މަނިކެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަޙްމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ނަވާޒްވެސް ވަނީ ލީޑަރުގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސާފައެވެ.
ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސްގައި ނިންމި އެންމެ ބޮޑު ނިންމުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރުމަށް ގޮވާލާ ހުށައެޅި ޤަރާރު ފާސް ކުރުމެވެ. ނަމަވެސް މި ޤަރާރަށް އަމަލު ކުރާނީ އެޕާޓީގެ ކައުންސިލުން ނިންމާ ގޮތެއްގެ މައްޗަށެވެ،.
ކިޔުންތެރިންގެ ޚިޔާލުތައް
ހުސް ޕީޕީގެ ކުދިން. ޤާސިމަށް ރަގަޅު ލޮޓާއެއް މިފަހަރު ދޭނެ. ހުވަފެން ދައްކާ ވިޔަފާރި ހުސްއަރުވާލާނެ. އެމްޑީޕީ އަދި ޕީޕީ ފަހަތަކަށް ޖައްސައެއް ނުލެވޭނެ. ޤސިމް އަތުން ޚަރަދުތަކެއް ހިނގުން ނޫން ކަމެއް ނުވާނެ.