logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024

ބަލި ގަބޫލު ނުކުރެވޭ މީހުން އިންތިހާބުތަކުގައި ކުރިމަތި ނުލާނީ: މިނިސްޓަރު ޑރ. ހުސެއިން ރަޝީދު

އިންތިހާބުގައި ބަލި ޤަބޫލު ނުކުރެވޭ މީހުން އިންތިހާބަށް ކުރިމަތި ނުލުމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 4 ވަނަ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ރަޝީދު ވިދާޅުވީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ނުހޮވުމުން ކުޑަކޮށްވެސް ދެނަ ނުވާ ކަމަށެވެ. އަދި އިންތިހާބެއް ނާކާމިޔާބުވުމުން އެކަމާ ދެރަވެ، ބަލި ޤަބޫލުނުކުރެވޭ މީހުން އިންތިހާބަށް ކުރިމަތިލައިގެން ނުވާނެ ކަމަށާއި އަބަދު ވެސް ބަލި ޤަބޫލުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކަންކަމާއި ކުރިމަތިލާންޖެހޭނީ ޑިމޮކްރެޓިކް އުސޫލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތް ރައީސް ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ޑރ. ހުސެއިންގެ އެވާހަކަފުޅަށް ވަރށް ބޮޑަށް ތަރުހީބު ދެއްވާ ރައީސް ނަޝީދު ގެންދެވީ ބާރަށް އަތް ޖައްސަވަމުންނެވެ.

"އިންތިހާބަކުން ނާކާމިޔާބުވީމާ އެކަމާ ދެރަވާ މީހުން، އިންތިހާބަށް ކުރިމަތިލައިގެން ނުވާނެ. ބަލި ޤަބޫލު ކުރެވެން ޖެހޭނެ. އެހެންވީމާ ޑިމޮކްރެޓިކް އުސޫލުން ކަންކަމާ ކުރިމަތި ލައިގެން ތިމާއަށް ވޯޓުލާ މީހުންގެ ތެރޭގައި އޮތް ތާއިދަކީ ދޭތެރެ ދޭތެރެއިން ޓެސްޓުކޮށްލަން ޖެހޭނެ." ހުސައިން ރަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ޑރ. ހުސެއިން ވަނީ ޕާޓީ އުފެދުނު ގޮތަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ،

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *