logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024

ދިވެހިންނަށް ރަނގަޅު ގޮތް ހޯދުމުގައި ފަތަންޖެހުނު ކޮންމެ ކަނޑެއްގައިވެސް ފަތާނަން: ޤާސިމް އިބްރާހިމް

ދިވެހިންނަށް ރަނގަޅު ގޮތް ހޯދުމުގައި ފަތަންޖެހުނު ކޮންމެ ކަނޑެއްގައިވެސް ފަތާނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 4 ވަނަ ޤައުމީ ކޮންފެރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، ކަމެއް ކުރެވޭނީ އެކަމެއްގެ ގާބިލްކަމާއި ކެޕޭސިޓީ އަދި ތަޖުރިބާ ހުރެގެން ކަމަށާއި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ދިގުލައިގެންގޮސް ސޮއްސާލީމަ ކަމަކު ނުދާނެ ކަމަށެވެ.

"ދިވެހިންނަށް ރަނގަޅު ގޮތް ހޯދުމުގައި ފަތަންޖެހުނު ކޮންމެ ކަނޑެއްގައިވެސް އަޅުގަނޑު ފަތާނަން. މި ޕާޓީން ފަހަތަކަށް ނުޖެހޭނެ. ޕާޓީން އަބަދުވެސް ނިންމާނީ ދިވެހިންނަށް އަބަދުވެސް އެންމެ ރަނގަޅު ގޮތް. އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާނީ އެހެން." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ނިމިގެންދިޔައީ ޑިމޮކްރަޓިކްގެ އުސޫލުން ކުރިއަށްދިޔަ ވަރަށް ފުރިހަމަ ކޮންފަރެންސެއްކަމަށާއި އެހެން ޕާޓީތަކުންވެސް އެޕާޓީ ނަމޫނާއަކަށް ބަލަން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުން ނާކާމިޔާބުވި ފަރާތްތައްވެސް މާޔޫސް ނުވުމަށާއި ދެން އޮތީ ހިއްވަރާއެކު ކުރިއަށް ދިއުން ކަމަށެވެ. އަދި އެއްވެސް މީހަކަށް ތާއަބަދު އެއް މަޤާމެއްގައި ނުހުރެވޭނެކަމަށާއި ކޮންމެސް ދުވަހަކުން މަޤާމް ދޫކޮށްލަންޖެހޭނެކަން ޤަބޫލުކުރަން ޖެހޭނެ ކަމަށެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *