logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ބަންގްލަދޭޝްގެ އޮކްސިޖަން ޕްލާންޓެއްގައި އަލިފާން ރޯވެ ފަސް މަރު

ބަންގްލަދޭޝްގެ ޗިޓަގޮންގްގެ ސިޓަކުންޑާ އަވަށުގެ ކަދަމް ރަސޫލް (ކޭޝަބްޕޫރު) ސަރަހައްދުގައި ހޮނިހިރު ދުވަހުގެ މެންދުރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް މީހުން މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

ސީމާ އޮކްސިޖަން ޕްލާންޓްގައި އަލިފާން ރޯވާން ފެށީ ހާއިރު ބޮޑު ގޮވުމަކަށް ފަހު ކަމަށް ކުމިރާ ފަޔާ ސާވިސް ސްޓޭޝަންގެ ސީނިއާ އޮފިސަރު ސުލްތާން މަހްމޫދުއާ ހަވާލާދީ ބަންގަލަދޭޝްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މައުލޫމާތު ލިބުމާ އެކު ސިތާކުންޑާ އާއި ކުމިރާ ފަޔާ ސާވިސްގެ ނުވަ ޔުނިޓަކުން އެ ސަރަހައްދަށް ގޮސް ގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

ނަމަވެސް އަލިފާން ރޯވެ އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް ފަޔާ އޮފިޝަލް ވިދާޅުވިއެވެ.

ހޮސްޕިޓަލް ޕޮލިސް އައުޓްޕޯސްޓްގެ އިންޗާޖް ނޫރުލް އާލަމް އަޝޭކް ވިދާޅުވީ ސިޓަކުންޑާ ގޮވުމުގެ ހާދިސާގައި ލިބުނު ޒަހަމްތަކާއެކު ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި 20 ވަރަކަށް މީހުން އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *