logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މިނިސްޓަރު އިމްރާން މަސައްކަތް ކުރަނީ ރަޝީދުގެ މަރުގެ ޚަޤީޤަތް އޮޅުވާލަން: އާއިލާ

މިދިޔަ އަހަރު އޮކްޓޫބަރު މަހު 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދު ރަޝީދު (މާޓީ)ގެ މަރުގެ ހަޤީޤަތް އޮޅުވާލަން ހޯމް މިނިސްޓަރު އިމްރާން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރަޝީދުގެ އާއިލާއިން ތުހުމަތުކޮށްފިއެވެ.

ރަޝީދު ހައްޔަރުކުރީ ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ. ރަޝީދު މަރުވީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސް އެރަށު ފަޅުތެރޭގައި އޮތް ލޯންޗެއްގެ ތެރޭގައި އިންދައި މެއަށް ތަދެއް އަރައިގެންކަމަށް ފުލުހުން ބުނެއެވެ. ޑޮކްޓަރުންގެ ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. މި މައްސަލައިގައި އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ. އެގޮތުން ލޯންޗަށް އެރުވުމުގެ ކުރިން ވެސް އޭނާ މެޔަށް ތަދެއް އަރައިގެން އުޅޭ ވާހަކަ ފުލުހުންނާއި ހިއްސާ ކުރުމުން ވެސް އެކަމާއި އަޅާ ނުލައި މަކަރު ހަދަނީ ކަމަށް ބުނެ ފުލުހުން ވަނީ އޭނާ އަށް ފަރުވާ ނުދިން ކަމަށް އާއިލާއިން ބުނެއެވެ. އަދި ލޯންޗްމަތީގައި މަރަށް ތެޅުނު އިރުވެސް ފުލުހުން އެއްވެސް ފަރުވާއެއް ދީފައިނުވާކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. ރަޝީދުގެ މަރުގެ ހަޤީޤަތް ހޯދުމަށް ފުލުހުން ވަނީ އޭނާގެ ޕޯސްޓްމޯޓަމް ހަދާފައެވެ. ޕޯސްޓްމޯޓަމް ހަދާފައިވަނީ އާއިލާއިން އެކަން ނުކުރުމަށް އެދި އާދޭސް ކުރަމުން ދަނިކޮށް ކޯޓްގެ ހުއްދައާ އެކުގައެވެ. ޕޯސްޓް މޯޓަމް ހެދިތާ 4 މަސްވާއިރު މި ރިޕޯޓް އާންމު ނުކުރުމަކީ ރަޝީދުގެ އާއިލާގެ ވަރަށް ބޮޑު ކަންބޮޑު ވުމެކެވެ.

މިކަމާގުޅިގެން މިނިވަން ނޫހަށް މައުލޫމާތުދެމުން ރަޝީދުގެ ބޮޑުބޭބެ ޝަރީފް ބުނީ، އޭނާގެ ދަރިފުޅު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށާއި މި ހަޤީޤަތް އޮޅުވާލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މިނިސްޓަރު އިމްރާން ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅަށް އިންސާފު ނުނިބޭނެކަން އިނގޭ. އެއީ ދެން އޭނާ ދުނިޔެއަށް ނާންނާނެ. އެކަމަކު މި މަސައްކަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ކަމެއް އެހެން މީހެއްގެ ދަރިއަކަށް ކުރިމަތި ވިޔަ ނުދިނުން." ރަޝީދުގެ ބޮޑުބޭބެ ޝަރީފް ބުންޏެވެ.

ރަޝީދުގެ ބޮޑުބޭބެ ޝަރީފް

ރަޝީދުގެ މަރާ ބެހޭގޮތުން އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ މިމައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ މިނިސްޓަރު އިމްރާނާ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރަޝީދުގެ މަރުގެ މައްސަލައިގެ ރިޕޯޓް ހޯދާފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ބާއްވަންޖެހޭ މަޝްވަރާތައް ބާއްވާފައިވާކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެ ހާދިސާގައި މީހުންނަށް ފެނުނު މަންޒަރާއި، ތަހުގީގީ ނަޒަރަކުން ފެންނަ ގޮތާ އޭގެ ފަހަތުގައި ހުރި ކަންކަން ވަރަށް ތަފާތު ކަމަށެވެ. އެކަމުގައި ރައްޔިތުންގެ ކުރިމަތީގައި ހިނގާދިޔަ 10 ވަރަކަށް މިނިޓުގެ މައްޗަށް އެކަނި ބެލުމަށްފަހު ގޮތެއް ނިންމުން ރަނގަޅު ނުވާނެ ކަމަށެވެ. އަދި މިމައްސަލައިގެ ފަހަތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *