logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބާވެފައިވާ ޣާޒީ ބިލްޑިން ވެސް ތަޅާލައި، ޕާކިން އޭރިއާއެއް ހަދަނީ

ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުން އަންނަ ވަރަށް ބާ އިމާރާތެއް ކަަމަށްވާ ޣާޒީ ބިލްޑިން ތަޅާލައި، އެ އިމާރާތް ހުރި ބިމުގައި ޕާކިން އޭރިއާއެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިނިވަން" އަށް ވިދާޅުވީ ޣާޒީ ބިލްޑިން ތަޅައިލުމުގެ މަސައްކަތް އަންނަ އޭޕްރިލް މަސް ނިމޭ ހިސާބުގައި ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއިމާރާތް ތަޅައިލަނީ ބޭނުން ނުކުރެވޭ ވަރަށް ބާވެފައި ވާތީ އެވެ.

"އެ އިމާރާތުގައި ހުރި އޮފީސްތައް ވަރަށް އަވަހަށް ހުސްކުރަން އަންގާފައި ވާނީ،" އަކްރަމް ވިދާޅުވި އެވެ.

ގާޒީ ބިލްޑިންގް ގައި މިހާރު ހިންގަމުން އަންނަނީ އޮޑިޓާ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެވެ.

ރައީސް އޮފީހުގެ ހުޅަނގުން ހުންނަ ޣާޒީ ބިލްޑިންގާއި ހުކުރުމިސްކިތާއި ރައީސް އޮފީހާ ދެމެދު ހުރި ހުރަވީ ބިލްޑިންގް އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި މީގެ ތިރީހަކަށް އަހަރުކުރިން އިމާރާތްކުރި ދެ ތަނެވެ. ހުރަވީ ބިލްޑިން ވެސް މީގެ ދުވަސްކޮޅެއް ކުރިން ތަޅައިލީ އެތަން ބާވެ ރޫޅެން ފެށުމުންނެވެ. އެ އިމާރާތް ހުރި ތަނުގައި ވެސް ހެދީ ޕާކިން ޒޯނަކާއި ކުޑަ ޕާކެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ