logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ރޯދަ ހަދިޔާ ބަހަން އުޅުމުގެ ތެރޭގައި ފިތިގެން 78 މީހަކު ޔަމަނުގައި މަރުވެއްޖެ

ޔަމަނުގެ ވެރިރަށް ސަންއާގެ ސްކޫލެއްގައި ރޯދަ ހަދިޔާ ބަހަން އުޅުމުގެ ތެރޭގައި ފިތި ބާރުވެގެން 78 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެ ސިޓީގެ ބާބް އަލް ޔަމަން ސަރަހައްދުގައި ހިނގާބިނގާވެ ނޫޅެވޭ ވަރަށް ގިނަ ބަޔަކު ވަނީ ތޮއްޖެހިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބުދަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އެތައް ސަތޭކަ ބަޔަކު ސްކޫލަށް ޖަމާވެފައި ވަނީ މީހަކަށް ގާތްގަނޑަކަށް ނުވަ ޑޮލަރު ގެ ހަދިޔާ އެއް ހޯދުމަށެވެ.

މި ހަރަކާތް އިންތިޒާމްކުރި ދެ ވިޔަފާރިވެރިއަކު ހައްޔަރުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އެ ކަމުގެ ޒިންމާ އުފުލަން ޖެހުނީ ހަދިޔާ ބަހަން އުޅުނު މީހުން ކަމަށެވެ.

ސަނާގެ ސިއްހީ އޮފިޝަލަކު ވިދާޅުވީ 13 މީހެއްގެ ހާލު ސީރިއަސްވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

"މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ،" ނޫސްވެރިންނާ ވާހަކަ ދެއްކުމުގެ ހުއްދަ އޭނާއަށް ލިބިފައި ނުވާތީ، ހޫތީންގެ ސެކިއުރިޓީ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވިއެވެ.

މަރުވި ކޮންމެ އާއިލާއަކަށް 2،000 ޑޮލަރު ދޭން ހޫތީން އެއްބަސްވެފައިވާ އިރު، ޒަހަމްވި މީހުންނަށް ގާތްގަނޑަކަށް 400 ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *