logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

ފިރިމީހާ އަނބިމީހާއަށް ޚަރަދުނުކުރާނަމަ އެއްދާންކުރުމުން ދުރުހެލިވެވިދާނެތަ؟

ކައިވެންޏަށްފަހު، ފިރިމީހާ އަނބިމީހާއަށް ޚަރަދުކުރުމަކީ ފިރިމީހާ އަދާކުރަންޖެހޭ އަނބިމީހާގެ ޙައްޤެކެވެ. އެއީ ފިރިމީހާގެ ވާޖިބެކެވެ. އެކަން ނުކޮށްފިނަމަ ފިރިމީހާ ފާފަވެރިވާނެއެވެ. ފިރިމީހާ އަނބިމީހާގެ މައްޗަށް ވާ ޤައްވާމެއް (ބެލެހެއްޓުމުގެ ބާރު ލިބިގެންވާ މީހެއް) ކަމުގައި ވެފައިވާ އެއްސަބަބަކީވެސް އޭނާ އޭނާގެ ފައިސާއިން އަނބިމީހާގެ މައްޗަށް ހޭދަކުރުމެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ) النساء/ 34 މާނައީ: “ފިރިހެނުންނަކީ އަންހެނުން ބަލައި ތަރުބިއްޔަތު ކުރުމުގެ ޙައްޤާއި ބާރު ލިބިގެންވާބައެކެވެ. އެދެބައިމީހުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ﷲ މާތް ކުރައްވާ އިތުރު ކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކުރާކަމަށްޓަކައެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

( لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ وَمَنْ قُدِرَ عَلَيْهِ رِزْقُهُ فَلْيُنْفِقْ مِمَّا آتَاهُ اللَّهُ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا سَيَجْعَلُ اللَّـهُ بَعْدَ عُسْرٍ يُسْرًا) الطلاق/7 . މާނައީ: “ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާށެވެ. އަދި އެމީހެއްގެ ރިޒުޤު ދަތިވެގެންވާ މީހާ، ފަހެ، އެމީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، ﷲ ތަކުލީފެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، ﷲ ލައްވާނެއެވެ.”

عَنْ مُعَاوِيَةَ الْقُشَيْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : قُلْتُ : يَا رَسُولَ اللَّهِ مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ ؟ قَالَ : ( أَنْ تُطْعِمَهَا إِذَا طَعِمْتَ ، وَتَكْسُوَهَا إِذَا اكْتَسَيْتَ ، وَلَا تَضْرِبْ الْوَجْهَ ، وَلَا تُقَبِّحْ ، وَلَا تَهْجُرْ إِلَّا فِي الْبَيْتِ) رواه أبو داود ( 2142 ) ، وابن ماجه ( 1850 ) ، وصححه الألباني في ” صحيح أبي داود “. މުޢާވިޔާ އަލް ޤުޝައިރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. އަހަރެން ބުނީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެންގެ މައްޗަށް ވާ އަނބިމީހާގެ ޙައްޤަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާ ކައިގެން ހުރިއްޔާ އޭނާއަށް ކާންދިނުމާއި، ތިބާ އުނުފޭރާން ލައިގެން ހުރިއްޔާ އޭނާއަށް އުނުފޭރާން ދިނުމާއި، އޭނާގެ މޫނުގައި ނުޖެހުމާއި، އަދި އޭނާއާ ދިމާލަށް ހަޑިހުތުރު ބަސް ނުބުނުމާއި ގޭތެރޭގައި ނޫންގޮތަކަށް އޭނާއާ ގުޅުން ކަނޑާނުލުމެވެ.”
ފިރިމީހާ އަނބިމީހާގެ މައްޗަށް ޚަރަދުނުކުރާނަމަ، އަނބިމީހާއަށް އޭނާއާ ވަކިވުން ނުވަތަ އެކަމަށް ކެތްތެރިވެގެން ހުރުން، މި ދެގޮތުން ކުރެ ގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ.

ފިރިމީހާ ޚަރަދު ނުކުރަނީ އޭނާގެ ދަހިވެތިކަމުން، ނުވަތަ މުށްބާރުކަމުން، ނުވަތަ އަތްމަތި ދަތިކަމުން ކަމުގައިވިޔަސް ނުވަތަ އެހެން ސަބަބަކާ ހެދި ކަމުގައިވިޔަސް، އަނބިމީހާ، ކެތްތެރިވެގެން ހުންނަން އިޚްތިޔާރުކުރި ނަމަވެސް، ފިރިމީހާ ޚަރަދު ނުކުރާނަމަ، ފިރިމީހާއަށް އެއްދާންކޮށްދިނުން އަނބިމީހާގެ މައްޗަށް ލާޒިމެއް ނުވާނެއެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ޚަރަދަކީ އެއީ އަރާމު ލިބިގަތުމުގެ ބަދަލުގައި ދޭ އެއްޗެކެވެ. އެ ބަދަލު ނުދޭނަމަ އަރާމު ލިއްބައިދިނުން އަނބިމީހާއަށް ހުއްޓާލެވިދާނެއެވެ. (ބައްލަވާ ” المهذب في فقه الإمام الشافعي ” (3 / 155) )
އެކަމަކު ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ޚަރަދު ނުކުރެވޭ ކޮންމެ ޙާލަތަކީ އެއްދާންކުރުމުން އެއްކިބާވާ ޙާލަތަކަށް ހެދުން ރަނގަޅެއް ނޫނެވެ. މިކަމުގައި ފިރިމީހާގެ ޙާލަތަށް ބަލަންޖެހޭނެއެވެ.

ޚުލާސާއަކީ، ފިރިމީހާ އަނބިމީހާގެ މައްޗަށް ޚަރަދު ނުކުރާނަމަ، އެއްދާންކުރުމުން އެއްކިބާވެވިދާނެއެވެ. ނުވަތަ ވަރިއަށްވެސް އެދެވިދާނެއެވެ. ނުވަތަ ކެތްތެރިވެގެން ހުރުމުގެ އިޚްތިޔާރުވެސް އަނބިމީހާއަށް ލިބިގެންވެއެވެ.

=ޝެއިޙް މުޙައްމަދު ޝާފިޢުގެ ލޔުމަކުން ނަގާފައި=

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. Me gaumugah nethemun dhanee dheenugeh hukunthah! ,vanee moden kofah yahoodheen beynuvaagotha,! shahaadhathuge dhekalemah kiuneemah Muslimah kahvee kamah aharemen dhivehi jeelah dhas kodhinee 7 udumathin ahharemennah aharemen aadhamuge dharinah keerithi Qurannaai adhi keerithi rasoolage sunahthun aharemen insaanun ulhenveegoiy bayaan koh dheefa veye..eyge badhaluga aharemen dhivehin vanee fothuge ehbayah eemaan vaan jehey bayaku kamuga dhivehi raajeyge ganoonu asaseega vanee.ehen vumuge sababun islam dheenuge feyraan vanee yahoodheenge modern kohfa eve.emeehun beynun vaa propegender madu madun dhivehi muslim ummah neyge gotah madu madun gos dheen ehkoh fudu fudu kohlaafa ey vanee.islaamee saree athuga vaa gotah nuhinganya dhivehi gaumuge dharin vaanee gehlumge therein feithuna fasaadha meehun merumaa vahkan kurumaa drug beynun kurumaa ziney kurumaa Naslu olhuvaalumuge hahdhu fahana alhaa gos ah baievanthah kangeliefah. mihaaru aharemen islam dheenuge maguga aharemen kuriyah dhaan beynun Nama amaan vehteh gaaimu kurahn beynun Nama aharemen Muslimnah iburateh kamuga dheenuge sharee aiy tah gaaimu kohfa vanee.aharumehn gaumugah dheenee ilumiverinay kiyaafa aharemen kohme meehaku aga hulhuvaalafa kohme meehaku ehceh bunaa irah eyge kohme meehakah bodu magaameh nooni rufiyaa gadeh dhinumun dheenuge hamatakah vaahaka dehkumuge badhalugah yahoodheen keerithi qurangaivaa hukunthah modern kofahivaa ganoon ahkiee islaamu dheenuge hukun thakakee ahiee kamah buneh ah gah bandhu kohlaigen dheenee ilmuverin thibenee.shaadhathuge Thau heedhu vanee nethi gossah Kahn alhugadu v hithamayaa eku dhahnah vameve. Meege kusheh Vanya alhugadah maafu kohdheythi mee alhugaduge hiyaalu..meege ehme ragalhu goiy alhugadu egen beynun..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *