logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބިދޭސީއެއް މަރުވެއްޖެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 29 އަހަރުގެ އަމީނުލް އިސްލާމް މަރުވެއްޖެއެވެ.

ކަރެކްޝަނުން ބުނީ ހެނދުނުގެ ސައިވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށެވެ. އަމީނުލް މަރުވިކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ 2:10 ގައެވެ. އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.

އަމީނުލް އިސްލާމްއަކީ ބަދްއަޙްލާޤީ އަމަލު ހިންގުމާ ގުޅިގެން 7 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛްކުރަމުން ދިޔަ މީހެކެވެ. މީނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫނެވެ.

އޭނާ ހެލްތް ސެންޓަރަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާކަމަށް ކަރެކްޝަލް ސާރވިސަސްއިން ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ