logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
އިންޑޮނޭޝިއާގެ ސުމަޓްރާ

ސުމަޓްރާ އަށް ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

އިންޑޮނޭޝިއާގެ ސުމަޓްރާ އައިލެންޑްގެ ހުޅަނގުން 7.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް ކުޑަ ވަގުތުކޮޅެއްގެ ސުނާމީގެ އިންޒާރު ދީފައިވާ ކަމަށް އިންޑޮނޭޝިއާގެ ޖިއޮފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ބުނެފިއެވެ.

އެ އިންޒާރުގައި ވަނީ ހާލުގައި ޖެހިފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުން ގޮނޑުދޮށުން ދުރަށް ދިއުމަށް ވަގުތުން އިރުޝާދު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ. ނަމަވެސް އޭގެ ފަހުން ސުނާމީގެ އިންޒާރު އުވާލާފައިވާ ކަމަށް ދި ގާޑިއަން ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

ބީއެމްކޭޖީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ގަޑިން ފަތިހު 3:00 ހާއިރު 84 ކިލޯމީޓަރު އަޑިން ކަމަށާއި ގާތްގަނޑަކަށް ހަތަރު މެގްނިޓިއުޑްގެ އާފްޓާޝޮކްތަކެއް ފެނިފައިވާ ކަމަށެވެ.

އިންޑޮނީޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ބުނީ ސުމަޓްރާގެ ހުޅަނގު އައްސޭރިފަށުން ކައިރީގައިވާ ރަށްރަށުން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ