logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

އާސަހަރާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

އާސަހަރާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި، އެކައުންސިލްގެ 98 ވަނަ އާންމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެތަން އަޕްގްރޭޑް ކުރުމުގައި އަންހެނުންނަށާއި ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް ނަމާދު ކުރުމުގެ ޖާގަ އިތުރުކުރުމަށާއި މަޑުކޮށްލައިގެން ތިބޭ ޖާގަ (ވެއިޓިންގ އޭރިއާ) ގައި ހިތް ފަސޭހަ ކަމާއިއެކު ތިބެވޭ ގޮތަށް ހެދުމަށް ބޮޑަށް އިސްކަމެއްދޭނެ ކަމަށެވެ. އަދި ދެ ޖިންސު މަސްއުނި ނުވާނެހެން އަންހެން ފިރިހެން ވަކިން ތިބެވޭނެ އިންތިޒާމެއް ގާއިމްކުރުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ ހިނެވުމާއި އެމަކާއި ގުޅޭ ހިދުމަތްތައް ދޭޭ ސަރަހައްދަށް ވެސް ރަނގަޅު އަޕްގްރޭޑެއް ގެންނާނެ ކަމަށެވެ.

އެގޮތުން އެމަސައްކަަށް ސިޓީކައުންސިލުން ނިންމާ އަގެއް ދެން އޮންނަ އާންމު ޖަލްސާގައި އިއުލާންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *