ދެކުނުގެ އަތޮޅުތައް ކަމަަަށްވާ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް މިއަދު ވިއްސާރަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) އެ އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
Alert White for heavy rain and thunderstorms. pic.twitter.com/ZsWPF3ilFz
— Maldives Meteorology (@MetMaldives) April 30, 2023
މެޓް އޮފީހުން ނެރުނު އެލާޓްގައި ވާ ގޮތުން އެ ސަރަހައްދަށް މިއަދު ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެ އެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ދުވަސްވަރަކަށްވުމުން، މޫސުމާ ބެހޭ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވާން އެ އިދާރާއިން އެދެ އެވެ.