logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ މިއަދު "މިނިވަން" އަށް ވިދާޅުވީ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ އެރަށު ސްކޫލުގެ އިސްލާމް ޓީޗަރެއް ކަމަށްވާ ނާއިޒް އިބްރާހިމް އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައ،ި ކުޅުދުއްފުށިން ނޮޅިވަރަމަށް ގޮސް ހުއްޓާ އެ ރަށު ބަނދަރު މަތިންނެވެ.

ޔޫސުފް ވިދާޅުވީ އޭނާ ހައްޔަރުކުރި އިރު ފުލުހުންނަށް އޭނާގެ އަތުން ވަނީ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

މީގެ ކުރިންް އޭނާއަށް ބައެއް މީހުން އެފަދަ ތުހުމަތު ކުރި ނަމަވެސް، އެއްވެސް ހެއްކެއް ފެނިފައި ނުވާތީ މީގެ ކުރިން އޭނާ ހައްޔަރުކޮށްފައި ނުވާކަމަށް ނޮޅިވަރަމް ކައުންސިލުން ބުންޏެވެ.

ނާއިޒް އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 10 ވަރަކަށް އަހަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ