logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

ބޭރުން ގެނައި ރުއްތައް ބަހާ ރަށްތައް އިއުލާން ކޮށްފި

ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި، ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދުމަށް ބޭރުން ގެނައި ރުއްތައް ބަހާނެ 11 ރަށެއް އިއުލާން ކޮށްފިއެވެ.

ރާއްޖޭގައި އިންދަން އިންޑިއާގެ ކެރެލާއިން ގެނެސްފައިވަނީ 5،000 ރުކެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ފުރަތަމަ ބުރުގައި ގެނައި ރުއްތައް ބަހަން ނިންމާފައި ވަނީ 11 ރަށަކަށް ކަމަށާއި އެ ރަށްތަކަށް ރުއްތައް ފޮނުވަން ފަށާނީ އަންނަ ހަފްތާގެ ތެރޭގައި ކަމަށެވެ.

ރުއް ފޮނުވާ 11 ރަށަކީ:

  • މ. މުލީ

  • ހއ. އުތީމު

  • ހދ ނޭކުރެންދޫ

  • ރ. ހުޅުދުއްފާރު

  • ނ. ވެލިދޫ

  • ހދ. ވައިކަރަދޫ

  • ރ. ފައިނު

  • އދ. ދަނގެތި

  • ނ. މަނަދޫ

  • ނ. ކެނދިކުޅުދޫ

  • އއ. ތޮއްޑޫ

"ކަޅުކޫޑި ބަލި" ކިޔާ ބައްޔެއް ރާއްޖޭގެ ރުއްތަކަށް އެންމެ ގިނައިން ފެތުރިފައި ވަނީ އުތުރުގައެވެ. އެގޮތުން އެގްރިކަލްޗާ މިނިސްޓަރީން ބުނީ މިކަމަށް ހައްލެއް ގެނައުމަށް މިހާރު ސަރުކާރުން ވަނީ ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް ރާވާފައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިންޑިއާއިން ގެނައި ރުއްތައް ބަހާނީ އެއްވެސް ބައްޔެއް ހުރިތޯ ބަލުމަށްފަހުގައި ކަމަށާއި މިހާރު އެ ރުއްތައް ހުރީ މިނިސްޓްރީގެ ބެލުމުގެ ދަށުން ހދ. ހަނިމާދޫގައި ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *