logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ފުލުހުންގެ ބަންދުގައި ހުއްޓާ ފިލި މީހާ ހޯދައިފި

ފުލުހުންގެ ބަންދުގައި ހުއްޓާ ފިލުމާ ގުޅިގެން ހޯދަމުންދިޔަ އއ. ހިމަންދޫ /ދަބުގެ، އުމުރުން 25 އަހަރުގެ ހުސައިން ޝަހްބާން ހޯދައިފިއެވެ.

ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ 18:35 އެހާކަން ހާއިރު އއ. ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ކަމަށެވެ. ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މިހާރު ޝަހުބާން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، ޝަހްބާންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް ޝެއާކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުގައި ޝަހްބާން ފިލައިގެން ދިޔައިރު ރަސްދޫ ޕޮލިސް ސްޓޭޝަނުން ބައެއް ތަކެތި ވަގަށް ގެންގޮސްފައިވެއެވެ. ނަމަވެސް ފުލުހުން ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށާއި، އޭނާ ފިލި ނަމަވެސް ޕޮލިސް ސްޓޭޗަނުން އެއްވެސް އެއްޗެއް ވަގަށް ނަގާފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *