logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

ސިކުނޑި ތާޒާކޮށް ހަނދާން ރަނގަޅު ކުރުމަށްޓަކައި ކެއުމަށް އެންމެ ރަނގަޅު ކާނާ

ބްލޫބެރީ

ސައިޒުންކުޑަ ނަމަވެސް މީރު ރަހައެއް ހުންނަ ބުލޫބެރީސްއަކީ ނިއުޓްރިޝަނަށް ބަލާއިރު ވަރަށްބޮޑު ފައިދާއެއް ލިއްބައިދޭ މޭވާއެކެވެ. ބްލޫބެރީގައި ހިމެނޭ ގެލިކް އެސިޑްގެ ސަބަބުން ސިކުނޑި ޑިޖެނެރޭޝަނާއި ސްޓްރެސް އިން ދުރުކޮށްދެއެވެ. ބްލޫބެރީއަކީ ވަށައިގެން އެންމެ ގިނައިން އެންޓިއޮކްސިޑެންޓް އެކުލެވޭ އެއް މޭވާ އެވެ. މިއީ ފްރީ ރެޑިކަލްތަކުން ސިކުނޑިއަށް ލިބޭ ގެއްލުންތަކުން ދުރުކޮށްދޭ މޭވާއެކެވެ. އަދި ބްލޫބެރީއަކީ ވިޓަމިން ސީ، ވިޓަމިން ކޭ އަދި ފައިބަރުން ފުރިފައިވާ މޭވާއެކެވެ.

 

އެވޮކާޑޯ

އެވަކާޑޯ ސިފަކުރާނަމަ ބުނެވޭނީ މި ފެހި ރީތި މޭވާއަކީ ނިއުޓްރިޝަނަލް ޕަވަރހައުސްތަކެއްކަމުގައެވެ. މިއީ ހަމައެކަނި ރަހަ ރަނގަޅު ވުމުގެ އިތުރުން ސިއްހަތަށް ވެސް އާދަޔާ ހިލާފު ފައިދާތަކެއް ކޮށްދޭ މޭވާއެކެ. ވިޓަމިން ކޭ އާއި ފޯލޭޓް އިން މުއްސަނދި ވެފައިވާ އެވޮކާޑޯއަކީ ސްޓްރޯކުން ރައްކާތެރިކޮށްދީ، ކޮންސެންޓްރޭޝަން އާއި ހަނދާން ރަނގަޅުކޮށްދީ ކޮގްނިޓިވް ފަންކްޝަން އިތުރުކޮށްދޭ މޭވާއެކެވެ. އެވޮކާޑޯގައި މޮނޮސެޗުރޭޓެޑް ފެޓްސް އެކުލެވިގެންވާ އިރު އެއީ ލޭގައި ހަކުރު ހަމައަކަށް އަޅުވައި، ހަންގަނޑަށް އާދަޔާ ހިލާފު ފައިދާތަކެއް ކޮށްދޭ އެއްޗެކެވެ. ވިޓަމިން ބީ އާއި ސީ އިން މުއްސަނދިވެފައި ހުންނަ އެވޮކާޑޯއަކީ ޕްރޮޓީން އެންމެ ގިނަ އަދި ހަކުރު އެންމެ ދަށް އެއްމޭވާއެވެ.

ބީޓްރޫޓް

ބީޓްރޫޓަކީ ގުދުރަތީ ގޮތުން ސިކުނޑިއަށް ލޭ ދައުރުވުން އިތުރުކޮށްދޭ ނައިޓްރޭޓްތަކުން ފުރިފައިވާ އެއްޗެކެވެ. ނައިޓްރިކް އޮކްސައިޑަށް ބަދަލުކުރުމުން ލޭހޮޅިތައް ލުއިވެއެވެ. ބީޓްރޫޓްސްއަކީ ވިޓަމިން ސީ، ދަގަނޑު އަދި މެގްނީޒިއަމް އިން ވެސް މުއްސަނދި އެއްޗެކެވެ. އޭގެ ތެރޭގައި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާ އިރު، އޭގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ފިލުވައިދީ، އިންފްލެމޭޝަން ކުޑަކޮށްދީ، ކެންސަރު ޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށްދެ އެވެ. އެތުލީޓުންވެސް ބީޓްރޫޓާއެކު ނާސްތާ ކުރުން ވަރަށް މުޙިއްމުއެވެ ފސަބަބަކީ އެ ތަރުކާރީ އަކީ ހަކަތަ އިތުރުކޮށް، މުޅި އެތުލެޓިކް ޕާފޯމަންސް ރަނގަޅު ކުރުމަށް އެހީތެރިވެދޭ އެއްޗަކަށްވާތީ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *