logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ފުލުހުންގެ ބެލުމުގެދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

މާފަންނު ޕޮލިސް ސްޓޭޝަން

  • މިދިޔަ މަހުގެ 15 ވަނަ ދުވަހު ނޯތު ހާބަރުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 400 ރުފިޔާ. (އިންސިޑެންޓް ނަންބަރ 554318)
  • މިދިޔަ މަހުގެ 17 ވަނަ ދުވަހު މާވެޔޮމަގު، ފަތަހަ މޯލް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ މަކީޓާ ބްރޭންޑުގެ ބުރުމާއަކާއި ކަރަންޓު ނަރުރޯލުތަކެއް. (އިންސިޑެންޓް ނަންބަރ 554504)
  • މިދިޔަ މަހުގެ 20 ވަނަ ދުވަހު ގުލްހަޒާރު ގޯޅިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ މުށިކުލައިގެ ވޮލެޓެއް. (އިންސިޑެންޓް ނަންބަރ 555938)

އެގޮތުން އެ ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅައިގެް އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ގޮސް ތަކެއްޗާ ހަވާލުވުމަށްް ފުލުހުން އެދެއެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަން

  • މިދިޔަ މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ހައިވޭއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އައިޕެޑެއް. (އިންސިޑެންޓް ނަންބަރު 554723)
  • މިދިޔަ މަހުގެ 21 ވަނަ ދުވަހު ދަރުމަވަންތަ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުންފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވިލާ ގޭސްފުޅިއެއް. (އިންސިޑެންޓް ނަންބަރު 554889)
  • މިދިޔަ މަހުގެ 23 ވަނަ ދުވަހު ބުރުޒުމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުންފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދަބަހެއް. (އިންސިޑެންޓް ނަންބަރު 555081)
  • މިދިޔަ މަހުގެ 25 ވަނަ ދުވަހު ރަސްފަންނުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ސެމްސަންގ ބްރޭންޑުގެ ކަޅުކުލައިގެ މޯބައިލް ފޯނެއް. (އިންސިޑެންޓް ނަންބަރު 555321)
  • މިދިޔަ މަހުގެ 29 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ހުއާވެއި ބްރޭންޑުގެ ޓެބްލެޓެއް. (އިންސިޑެންޓް ނަންބަރު 555766)
  • މާރިޗު 4 ވަނަ ދުވަހު ބެންކް އޮފް މޯލްޑިވްސް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 20 ރުފިޔާ. (އިންސިޑެންޓް ނަންބަރު 556274)

އެހެންކަމުން، އެ ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅައިގެން އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށާއި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގޮސް ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *