logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މެލޭޝިއާގައި ބާއްވާ އިންޓަނޭޝަނަލް ގުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މެލޭޝިއާ ސަރުކާރުން އިންތިޒާމްކޮށްގެން އޮގަސްޓް މަހުގެ 6 އިން 12 އަށް ކުއާލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 63 ވަނަ "އިންޓަރނޭޝަނަލް އަލް-ގުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2023″ ގުރްއާން މުބާރާތުގައި ދިވެހިރާއްޖެއިން، އަންހެން އަދި ފިރިހެން ބައިވެރިޔަކު، ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން އެ މުބާރާތަށް ހޮވާނީ ބަލައިގެން ކިޔެވުމުގެބަޔާއި ނުބަލާ ކިޔެވުމުގެ ބައިން، ކޮންމެ ބަޔަކުން 1 ބައިވެރިއެކެވެ. އަދި އެ މުބާރާތަށް ބައިވެރިން ހޮވުމުގައި ގައުމީ މުބާރާތަކުން 1 ވަނަ ލިބިފައިވާ ފަރާތްތަކަށް ބޮޑަށް އިސްކަން ދެވޭނެ ކަމަށް ބުނެފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:

  •   އެ މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ވާނަމަ ބައިވެރިވި ފަހުން 3 އަހަރު ހަމަވެފައިވުން

  •   އެ މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން

  •   30 ފޮތް ހިތުދަސް ފަރާތެއް ކަމުގައިވުން. (ނުބަލާ ކިޔެވުމުގެ ބައި)

  •   6 އޮގަސްޓް 2023 އަށް 13 އަހަރު ފުރިފައިވުން

  •   މުޅި ޤުރްއާން ތަޖުވީދުމަގުން ފަރިތަކަމާއެކު ދިގުރާގަށް ކިޔަވަން އެނގުން

  •   ދިވެހިރައްޔިތެއް ކަމުގައިވުން

އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުތު ހަމަވުމަށް ބޭނުންވާ ލިޔުންތައް 11 މެއި ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ގުރްއާނާބެހޭ ގައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. އިއުލާންގައިވާ ގޮތުން އެ މުބާރާތުގައި ބައިވެރިކުރާނެ 2 ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިހާނު ކުރުމަށްފަހުގައި ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ