logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

އިޒްރޭލުން ގައްޒާ އަށް ދިން ހަމަލާއެއްގައި 10 މަރު

ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހަރަކާތުގެ މެމްބަރުންނަށް އަމާޒުކޮށް އިސްރާއީލުން ގައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 10 މީހަކު މަރުވެއްޖެއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ އެ ހަމަލާގައި އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

ފަލަސްތީނު އިސްލާމިކް ޖިހާދު މޫވްމަންޓުން ބުނީ ވައިގެ ހަމަލާތަކުގައި އެ ޖަމާއަތުގެ ތިން ލީޑަރުން މަރުވެފައިވާ ކަމަށެވެ. އެއީ ޖިހާދު އަލްގަންނަމް އާއި ހަލީލް އަލް ބަހްތީނީ އަދި ތާރިގު އިއްޒު އަލްދީން ކަމަށް އެ ޖަމާއަތުން ބުންޏެވެ.

އެ ތިން މީހުން މަރުވެފައިވަނީ އެ މީހުންގެ އަނބިންނާއި ބައެއް ދަރިންނާ އެކު ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވީ ނަމަވެސް އަނބިންނާ ބެހޭ އެއްވެސް ތަފްސީލެއް އަދި މަރުވެފައި ވަނީ ކިތައް ކުދިން ކަމެއް ނުވަތަ އެ ކުދިންގެ އުމުރާ ބެހޭ ތަފްސީލެއް ދީފައެއް ނުވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ "އޮޕަރޭޝަން ޝީލްޑް އެންޑް އެރޯ" ގެ ނަމުން ނަންދީފައިވާ ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްލާމިކް ޖިހާދުގެ ތިން މެމްބަރަކަށް ކަމަށެވެ. އެ މީހުންނަކީ ދާދި ފަހުން އިސްރާއީލާ ދިމާލަށް ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭ މީހުން ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *