ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ އެތައް މިލިއަން ބަލިމީހުންގެ މޫނުމައްޗަށް ނަރުހުން ހިނިތުންވުން ގެނެސްދެއެވެ. އެމީހުންގެ ހުނަރާއި، އޯގާތެރިކަމުގެ ސަބަބުން ބަލިމީހުންނަށް، ހިތްހަމަޖެހުން ލިބި ޝިފާ ލިބުން އަވަސްވެގެންދެއެވެ.
ނަރުހުންގެ މަސައްކަތަކީ ޖުމްލަކޮށް ސިއްހީ ޚިދުމަތުގެ ނިޒާމުގެ މުހިންމު ބައެއް ކަމުގައި ވިޔަސް، އެމީހުންގެ ދައުރު ބައެއް ފަހަރު ފާހަގަ ނުކުރެވެއެވެ. ބަލިމީހުންނަށް ހިދުމަތް ކުރަމުން ދަނިކޮށް، ގޭގޭގައި، އަދި ހޮސްޕިޓަލްތަކުގައި ނަރުހުންގެ ފުރާނަ ނުރައްކަލަށް ވައްޓާލާ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. ސަބަބެއް ނެތިއެއް ވެސް ނޫންނެވެ. ނަރުހުންގެ ޕްރޮފެޝަނަކީ، އެންމެ މަތީ އެއް ޕްރޮފެޝަން އެވެ. ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ކޮންމެ އަހަރަކުވެސް މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރަނީ ނަރުހުން މުޖުތަމަޢަށް ކުރާ ޙިއްޞާ ފާހަގަކުރުމުގެ ގޮތުންނެވެ.
ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ނިއުދިއްލީ ކާޑިއަކް ކްރިޓިކަލް ކެއާ ޔުނިޓްގައި ހުންނަ ފޯޓިސް ހޮސްޕިޓަލް ޝާލިމާރު ބާގްގައި މަސައްކަތްކުރާ ޒުވާން ނަރުހެއް ކަމަށްވާ ކަވިތާ ކިޔައިދިނެވެ.
ކަވިތާ ކިޔައިދިނީ އޭނާގެ ހުޝިޔާރުކަމާއި އަވަސް އަމަލުން އެއަވަށުގައި ހައިޕޮގްލައިސެމިކް ޖެހުނު ފިރިހެނެއްގެެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވި ގޮތެވެ.
ކަވިތާ ކިޔައިދިން ގޮތުގައި، އެއްދުވަހަކު މަސައްކަތަށް ދާން އުޅެނިކޮށް ކަވިތާއަށް ފާހަގަ ކުރެވުނީ ދުރުން ފިރިހެނެއްގެ ވަށައިގެން މީހުން އެއްވެފައި ތިބިތަންކަމަށެވެ. މަންޒަރާއި ކައިރިވަމުން ދިޔައިރު، އުމުރުން 30 އަހަރުގެ ޒުވާނަކު އުމުރުން ދުވަސްވީ މީހަކަށް ސީޕީއާރު ދޭތަން ފެނުނުއިރު، އެއްވެ ތިބި މީހުން ހަމަ އެތަނުގައި ތިއްބެވެ. ވަގުތުން ކައިރިއަށް ގޮސް ތަނުގައި އެއްވެ ތިބި މީހުންނާ ވެގެން އުޅެނީ ކީއްތޯ ސުވާލު ކުރުމަށްފަހު އެމީހާއަށް އެހީތެރި ވުމަށް އަވަސް ވެގަތީ ކަމުގައި ކަވިތާ ކިޔަިދހިނެވެ.
"އެހީތެރިކަން ބޭނުންވެފައިވާ މީހާގެ ވަށައިގެން އެއްވެ ތިބިތަން ފެނުމުން އަހަރެންގެ އެހީތެރިކަން ހުށަހެޅުމުގެ ޚިޔާލު ވަގުތުން އަހަރެންގެ ސިކުނޑިއަށް އައީ. ނަރުހެއްގެ ހައިސިއްޔަތުން ފަސްޓް އެއިޑް ދިނުމާއި ސިއްހީ ފަރުވާ ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާތީ ޝުކުރުވެރިވަން. އެހެންވީމަ." އެވަގުތު އަހަރެން ފަސްނުޖެހި އެހީތެރިވާން މަސައްކަތް ކުރިން، އެއީ އިންސްޓިންކްޓިވް ރެސްޕޮންސްއެއް،" ކަވިތާ ބުންޏެވެ.
ކަވިތާބުނީ އެއީ އޭނާގެ ދިރިއުޅުމުގެ ދަތުރު ބަދަލުކޮށްލި ހިތްދަތި ހާދިސާއެއްކަމަށެވެ.
މިފަދަ ހާލަތްތަކުގައި ވަގުތަކީ މުހިންމު އެއްޗެއްކަން އޭނާއަށް ވަރަށް ޅަ އުމުރުގައި އެނގުނުކަމަށާއި، އުމުރުން 15 އަހަރުގައި ވަގުތުން ހޮސްޕިޓަލަށް ނުދެވޭތީ ހިތާމަވެރި އެކްސިޑެންޓެއްގައި މަންމަ ގެއްލިގެން ދިޔަކަމަށް ކަވިތާ ބުންޏެވެ. އެ ހިތްދަތި ހާދިސާގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި މި ޕްރޮފެޝަން ކުރިއަށް ގެންދިއުމަށް އަޒުމް ކަނޑައަޅައި، ހިތްވަރު ލިބިގެން ދިޔަ ކަމަށް ވެސް ކަވިތާ ބުންޏެވެ.
"އަހަރެންގެ އުމުރުން 15 އަހަރުގައި މަންމަ ގެއްލުނީ. މަންމަ އެކްސިޑެންޓެއްވީ، ހިތާމައަކީ މަންމަ އަށް އެވަގުތު އެހީ ތެރިވުމަށް ގެ ކައިރި އަވައްޓެރި އެންމެން ގާތު އެދުމުން ވެސް އެންމެ ކައިރީގައި ހުންނަ ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިކަމެއް ނުލިބުނުކަން، އަހަރުމެންނަށް މަންމަ ހޮސްޕިޓަލަށް ގެންދެވުނު އިރު މާ ލަސްވެޖެ، އެދުވަހު އޯގާތެރިކަމުގެ އަތެއް ދިއްކުރާނެ މީހަކު ނެތުމުން އެހީތެރިކަމެއްދޭން މީހަކު ނެތް ކަމުގެ އިހުސާސް އަހަންނަށް ކުރެވުނު" ވަރަށް އަސަރާއެކު ކަވިތާ ބުންޏެވެ.
ކަވިތާ ބީކޮމް ޕްރޮގްރާމް ފެށިއިރު، ވަރަށް އަވަހަށް އޭނާ ވަނީ ކިޔެވުން ދޫކޮށްލާފައެވެ. ކޮލެޖެއްގައި ހިންދީ ލެކްޗަރާއަކަށް ވުމަށް ވިސްނުމަށްފަހު އެންމެ ފަހުން ކަވިތާ ނިންމީ ނަރުހުންގެ ދާއިރާއިން ކިޔަވަން ދާށެވެ.
ކަވިތާ ބުނީ، މާޒީއާ މެދު ވިސްނާލާއިރު، ވަގުތުން ސިއްހީ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޒުވާން އުމުރުގައި މަންމަ ގެއްލުމުން އޭނާ އަށް ވަރަށް ބޮޑަށް އަސަރުކުރިކަމަށެވެ. އަވަސް އެހީގެ މުހިންމުކަމާއި އެކަމުން މީހެއްގެ ދިރިއުޅުމަށް ކުރާނެ ފުން އަސަރު އިހުސަަސް ކުރެވުމުން، ކަވިތާގެ ހިތުގައި އެކަހަލަބަލި މީހުނަށް އެހީތެރިވުމަށް ޝައުގުވެރިކަމެއް އުފެދިގެން ދިޔަކަމުގައި އޭނާ ބުންޏެވެ.
އެހެން ކަމުން އެންމެ ނާޒުކު ވަގުތުތަކުގައި އެހެން މީހުންނަށް އެހީތެރިކަމާއި އަޅާލުން، ނަރުހެއްގެ ގޮތުގައި ކޮންމެ ދުވަހަކުވެސް ބަލިމީހުންނާ ގާތުން މަސައްކަތްކޮށް، އިތުބާރު ކުރެވޭ ގުޅުންތައް ބިނާކޮށް، އެމީހުންގެ ވޭނާއި ބިރުވެރިކަމާއި ޔަގީންކަން ނެތް ވަގުތުތަކުގައި އެމީހުންނަށް އެހީތެރިވެދިނުމުގެ ހިންހަމަޖެހުން ލިބިގެންދާކަމުގައި ކަވިތާ ބުންޏެވެ. ބަލިމީހުންގެ ކުރިއެރުމާއި ރަނގަޅުވުން ފެނުމާއި، އެމީހުންގެ ލޮލުން ޝުކުރުވެރިކަމާއި ލުއިކަން ފެނުމަކީ އަހަރެންގެ މަސައްކަތަށް ހިތްހަމަޖެހުމާއި އިތުރު ހިހްވަރެއް ލިބިގެންދާ ކަމުގައިވެސް ކަވިތާ ބުންޏެވެ.
ނަމަވެސް އަދި ނިޒާމާ ގުޅޭ އާ ނަރުހުން ތަމްރީނުކުރުން ފަދަ ޕްރޮފެޝަންގެ މުހިންމު ބައެއް ދާއިރާތައް ރަނގަޅު ކުރަން ޖެހޭ ކަމަށް ކަވިތާ ފާހަންގަ ކުރިއެވެ.