logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

މާލޭގައި މެރުއާނާ ގަސްތަކެއް ހެއްދި މީހަކު ބަންދުކޮށްފި

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ގަސް 'މެރުއާނާ' އަމިއްލަ ގޭގައި ހައްދައިގެން އުޅުނު މީހަކު މާލެ އިން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު، އަހުމަދު ޔާސިހު، 29 އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ވަނީ ގަލޮޅުގެ ގެއެއް ކައިރީ މަރުޖުއާނާ ގަހެއް ކަމަށް ތުހުމަތު ކުރެވޭ ގަހެއް ހުރުމުން ފުލުހުން އެގަސް ކައިރީ ތިއްބާ އެތަނަށް މީހަކު އައިސް އެއީ އޭނާގެ ގަހެއް ކަމަށް އެއްބަސްވި ކަމަށެވެ.

އަދި އެއީ އޭނާ ހެއްދި ގަހެއް ކަމަށް އެއްބަސްވި ކަމަށާއި ގޭގެ ބެލްކަނީގައި ވެސް މެރުއާނާ ގަސްތައް ހުންނާނެ ކަމަށް އޭނާ ބުނި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް ނަމަވެސް ފަހުން ކޯޓުގައި އޭނާ ބުނީ ބަލައި ފާސްކުރަން އޭނާ ހުއްދަ ނުދޭ ކަމަށާއި ފުލުހުން ބާރުގެ ބޭނުންކުރިކަމަށެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބިނާކޮށް ފަނޑިޔާރު ވަނީ ޔާސިހު ހައްޔަރުކުރީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ނިންމައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *