logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024
ފޮޓޯ: ޕޮލިސް

ތިން މަަސްތެރޭ ސްޓިކާ ޖަހައިގެން 2 މިިލިއަން ރުފިޔާ ހޯދައިފި

މިއަހަރުގެ ފުރަތަމަ ތިން މަސްތެރޭ ސްޓިކާ ޖަހައިގެން ދައުލަތަށް 2.6 މިލިއަން ރުފިޔާ ހޯދަފައިވާ ކަަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އެ މުއްދަތުގެ ތެރޭގައި 10،617 ވެހިކަލެއްގައި ސްޓިކާ ޖަހާފައި ވެއެވެ. އޭގެ ތެރޭގައި 5،093 ސައިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު، ސްޓިކާ ޖާހާފައިވާ ކާރުގެ އަދަދަކީ 3978 ވެ. އަދި 853 ޕިކަޕާއި 475 ވޭނުގައި ސްޓިކާ ޖާހާފައިވެއެވެ. އޭގެ އިތުރުން 107 ޖިޕާއި ސްޓިކާ 111 ޓްރަކްގައި ވެސް ސްޓިކާ ޖާހާފައިވެއެެވެ.

އެގޮތުން މި ކުއާޓަރުގައި ސްޓިކާ ޖަހައިގެން ދައުލަތަށް 2،654،250 ރުފިޔާ ހޯދައިފަވާއިރު، އެކަމުގެ ސަބަބުން ސަރުކާރަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އަދި އެއްގަމު އުޅަނދު ގިނަވެ، މާލެއިން ޕާކްކުރާނެ ޖާގަ ނުލިބުމަކީ ވެސް މިހާރު އާއްމުކޮށް ކުރަމުން އަންނަ ޝަކުވާއެކެވެ.

ހަމައެއާއެކު ވޭތުވެދިޔަ ތިން މަސްތެރޭގައި ޕާކު ކުރުމުގެ ގަވާއިދާ ހިލާފުވެގެން 543 ސައިކަލާއި، 40 ކާރާއި، އަށް ޕިކަޕާއި، ހަތް ވެނާއި، 13 ބައިސްކަލުގެ އިތުރުން ތިން ބެޓަރީ ސައިކަލު ވަނީ ޓޯވ ކޮށްފައެވެ.

ސްޓިކާއެއް ޖަހައިފިނަމަ، ޖޫރިމަނާގެ ގޮތުގައި 250ރ. ނަގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ގޭގޭގަޔާ.އަދިމީހުންގާގަވެސް.ސިޓިކާޖަހާ. އަދިވެސް ރަށްޔިތުންއަތުން ނެގޭވަރު މަދުކަމުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *